އަނިޔާގެ ސަބަބުން ސްކޮޓްލޭންޑްގެ ޓީމުން ރޮބާޓްސަން ބާކީ ކޮށްފި

އަނިޔާގެ ސަބަބުން ސްކޮޓްލޭންޑްގެ ޓީމުން ރޮބާޓްސަން ބާކީ ކޮށްފި

ގުޅުންހުރި

ސްކޮޓްލޭންޑުން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮބާޓްސަންގެ ފަލަމަސްގަނޑަށް އަނިޔާވެ، ސްލޮވޭކިއާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ސްކޮޑުން ބާކީކޮށްފިއެވެ.

ރޮބާޓްސަން ކުރިއަށް އޮތް މެޗުގެ ސްކޮޑަށް ނަގާފައިނުވަނީ ލިވަޕޫލާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ރޮބާޓްސަންގެ އަނިޔާގެ ސަބަބުން ލިވަޕޫލްއަށް ވަނީ އިތުރު ގޮންޖެހުންތައް ކުރިމަތިވެފައެވެ. މިހާރުވެސް ލިވަޕޫލްގެ ހަތަރު ޑިފެންޑަރުން އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.

ޑިފެންޑަރުންނަށް އަނިޔާވުމުގެ މައްސަލައަކީ ލިވަޕޫލަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެވެ. ލިވަޕޫލްގެ ފަހަތަށް އާންމުކޮށް ކުޅޭ ވާޖިލް ވެންޑައިކަށް ބޮޑު އަނިޔާއެއް ވެފައިވާ އިރު، މިވަގުތު ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑްވެސް ހުރީ އަނިޔާގައެވެ. މި ހަފުތާ އިނގިރޭސި ގައުމީ ޓީމުގެ ތަމްރީނުތަކުގައި ޖޯ ގޮމޭޒަށް އަނިޔާވެފައެވެ.

ސާބިއާ ބަލިކޮށް، ސްކޮޓްލޭންޑުން ވަނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕަށްފަހު، ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ކޮލިފައިވެފައެވެ. ރޮބަޓްސަންގެ އަނިޔާގަ ހޭދެވާނީ ކިހާމުދަތެއް ލިވަޕޫލްއިން ހާމަނުކުރި ނަމަވެސް ކުލަބުން ދަނީ ކުޅުންތެރިޔާގެ ހާލަތު ގާތުން ބަލަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *