ޖިންސީ ގޯނާގެ މައްސަލައެއްގައި ރާއްޖޭގައި ކިޔަވައިދިން އިންޑިއާގެ ޓީޗަރަކު ހޯދަން ރެޑް ނޯޓިސް ނެރެފި

ޖިންސީ ގޯނާގެ މައްސަލައެއްގައި ރާއްޖޭގައި ކިޔަވައިދިން އިންޑިއާގެ ޓީޗަރަކު ހޯދަން ރެޑް ނޯޓިސް ނެރެފި

Author
މުޙައްމަދު ޝަޒައިމް
06 ޖުލައި 2022 05:08
0

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައަކާ ގުޅިގެން، މަޖީދިއްޔާ ސްކޫލުގެ ކުރީގެ ޓީޗަރަކު ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެފިއެވެ.

އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވަނީ، އިންޑިއާގެ ކެރެލާއަށް އުފަން އުމުރުން 55 އަހަރުގެ އޮމަނަކުޓަން ކަރޫނާކަރަކުރޫޕު އެވެ. އޭނާ ވަނީ މީގެ ކުރިން މަޖީދިއްޔާ ސުކޫލްގައި ދަރިވަރުންނަށް ހިސާބު އިލްމު ކިޔަވައިދީފައެވެ.

އޭނާ ހޯދުމަށް އިންޓަޕޯލް އިން ނެރެފައިވާ ރެޑް ނޯޓިސްގައި ބުނެފައިވަނީ، 2020 ވަނަ އަހަރުން ފެށިގެން އޮމަނަކުޓަން ކަރޫނާކަރަކުރޫޕު ވަނީ، އުމުރުން 14 އަހަރުގެ ދަރިވަރަކަށް އެކިފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައި ކަމަށާއި، އޭނާ ފިލައިގެން ދިޔައީ، ދިވެހި ފުލުހުން އޭނާގެ މައްސަލަ ބަލަން ފަށާފައި ވަނިކޮށް ކަމަށެވެ.

އޮމަނަކުޓަން ކަރޫނާކަރަކުރޫޕު ހޯދުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައި ވާއިރު، މިކަމާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. އޮމަނަކުޓަން ކަރޫނާކަރަކުރޫޕު ހޯދަން ރެޑް ނޯޓިސް ނެރެފައިވާއިރު، ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދައުވާ އުފުލާފައި ވަނިކޮށް އޭނާ ވަނީ ފިލައިގެން ގޮސްފައެވެ.

އޭނާ ހޯދުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައި ވާކަމަށް ފުލުހުން ބުނިނަމަވެސް އަދި މިހާތަނަށް އޭނާގެ ނަން އިންޓަޕޯލް ރެޑް ނޯޓިސްގައި ހިމަނާފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭބެ
ހަމަފިލުވާލީ އިންޑިއާގޮރުބގެރިއެއްވީމަ!