ފެންނަނީ އިގްތިޞާދީ ޙާލަތު މެނޭޖްކުރަން ސަރުކާރު ނުކުޅެދިފައިވާ މިންވަރު: އުޝާމް

ފެންނަނީ އިގްތިޞާދީ ޙާލަތު މެނޭޖްކުރަން ސަރުކާރު ނުކުޅެދިފައިވާ މިންވަރު: އުޝާމް

Author
މުޙައްމަދު ޖިމީ
06 ޖުލައި 2022 10:21
0

ރާއްޖޭގެ އިގްތިސާދީ ހާލަތު މެނޭޖްކުރަން ސަރުކާރު ނުކުޅެދިފައިވާ މިންވަރު ފެންނަކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، ސަރުކާރުން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން ނިންމިކަން އިއުލާންކުރުމާއި ގުޅިގެންނެވެ. އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ފޫބައްދަން ޖީޢެސްޓީ ބޮޑުކުރަން ނިންމިކަމަށް ސަރުކާރުން އިއުލާނު ކުރިއިރު، މީގެ މަހެއްކުރިން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހެޅީ ރިސޯޓުތަކުގެ ބިމުކުލި ކުޑަކުރަންކަމަށެވެ. އެހެންކަމުން މިކަމުންވެސް އެނގެނީ ރާއްޖޭގެ އިގްތިސާދީ ހާލަތު މެނޭޖްކުރަން ސަރުކާރު ނުކުޅެދިފައިވާ މިންވަރުކަމަށް އުޝާމް ވިދާޅުވިއެވެ.

ދައުލަތުގެ ހަރަދުތައް ފޫބައްދަން GSTބޮޑުކުރަން ނިންމިކަމަށް ސަރުކާރުން މިއަދު އިއުލާނު ކުރިއިރު، މީގެ މަހެއްކުރިން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހެޅި ރިސޯޓުތަކުގެ ބިމުކުލި ކުޑަކުރަން. މިކަމުންވެސް އެގެނީ ރާއްޖޭގެ އިގްތިސާދީ ހާލަތު މެނޭޖްކުރަން ސަރުކާރު ނުކުޅެދިފައިވާ މިންވަރު.

– މެންބަރު އުޝާމް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ.

އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޓެކްސް ބޮޑު ކުރުމާއެކު ޓެކްސްދައްކަން ޖެހޭ ފަރާތްތަކަށް 6 މަހުގެ މުއްދަތެއް ދިނުމަށްޓަކައި މަޝްވަރާތައް ކުރައްވަމުން އަންނަކަމަށެވެ. އަދި ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޓޫރިސްޓް ބިމުކުލި ކުޑަކުރަން ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނިކޮށް، އެމްއެމްއޭ އިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެއީ މިވަގުތު ކުރުން ރަނގަޅު ކަމެއް ނޫންކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރާއްޖެތެރެ
ނުކުޅެދެނީކީނުން ރައްޖެ ފުންޑާލަން އިންޑިޔާޢަ އެކީ ޑިލްހަދާފަ ވަނީ