ކުރިޔަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭ ނިއުކުލިއަރ ބޮމެއް އުފެއްދޭ ވަރަށް އިރާނުން ޔޫރޭނިއަމް މުއްސަދި ކޮށްފައިވާކަމަށް، އެގައުމަށް އެމެރިކާއިން ކަޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ރޮޕް މަލޭ އަންގާރަ ދުވަހު ވިދާޅު ވެއްޖެއެވެ.
"މިއީ، ވަރަށް ރަގަޅަށް އަހަރެމެން ދެނަތިބި، އަހަރެމެން ބަލަން ތިބި، އެއަށް އަހަރެމެން ވަރުގަދަ އަށް ރައްދު ދޭނޭ ކަމެއް،" ނޭޝަނަލް ބަޕްލިކް ރޭޑިއޯއަށް ދެއްވި ބަސްދީގަތުމެއްގައި މަލޭ ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް އޭނާ ވިދާޅުވި ގޮތުގައު ތެހެރާނުން އަދި މިހާތަނަށް، ބޮން ހަދަން ބޭނުންވާ "ހަތިޔާރުގެ ޕްރޮގްރާމް" ފަށާފައެއް ނުވެއެވެ. އަދި މަލޭ ވަނީ އިރާނުން ޔޫރޭނިއަމް މުއްސަދި ކުރަމުންދާ އަވަސް މިނާމެދު ބޮޑެތި ކަންބޮޑުވުން ހުރިކަމަށް ވިދާޅުވެފައެވެ.
އިރާނުގެ ރިވޮލިއުޝަނަރީ ގާރޑްސް ކޯޕް ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އުނިކުރުމަށް އިރާނުން ޑިމާންޑް ކުރަން ފެށުމާއި ގުޅިގެން އެތައް މަހެއް ވަންދެން ހުއްޓުމަކަށް އައިސްފައިވާ ނިއުކުލިއަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފާއިތުވެދިޔަ ހަފްތާގައި ވަނީ އެމެރިކާއާއި އިރާނާ ދެމެދު ނުސީދާކޮށް ބޭއްވިފައެވެ.
އެހެންނަމަވެސް މަލޭ ވިދާޅުވެފައިވަނީ، ފާއިތުވެދިޔަ ހަފްތާގައި ދޯހާގައި ފުރަތަމަ ފަހަރަށް ބޭއްވުނު މިވާހަތަކަކީ "ބޭކާރު ވަގުތުތަކެއް" ކަމުގައެވެ.
އެމެރިކާގެ ޑިޕްލޮމޭޓުން ތުހުމަތުކުރާ ގޮތުގައި، "އިރާނުން ކުރާމުންދާ ޑިމާންޑްތަކަކީ ކުރިން އެގައުމުން ހާސިލްކުރަން ބޭނުންވެފައިވާ، ނިއުކުލިއަރ ޑީލްއާއި ގުޅުމެއް ނެތް" ޑިމާންޑްތަކެކެވެ.
އިރާނުންވަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ނިއުކުލިއަރ ޑީލުން އެމެރިކާ ވަކިވިގޮތަށް، ކުރިޔަށް އޮތް ތަނުގައި އެގައުމުގެ ރައީސްކަމަށް ވަޑައިގަންނަވާ ރައީސަކު އެމެރިކާ ނިއުކުލިއަރ ޑީލުން ވަކި ނުކުރާނޭ ކަމުގެ ޔަގީންކަން ހޯދުމަށެވެ.
އެހެންނަމަވެސް އޮފިޝަލުން ވިދާޅުވެފައި ވާގޮތުގައި މިއީ އެމެރިކާގެ އެއްވެސް ސަރުކާރަށް ދެއްވޭނެ ޔަގީންކަމެއް ނޫނެވެ.
އެމެރިކާގެ މިޙާރުގެ ރައީސް ޖޯބައިޑްންގެ ނާއިބު ރައީސްކަމުގައި، އޮބާމާގެ ވެރިކަމުގައި އިރާނާއެކު ގާއިމްކުރި ނިއުކުލިއަރ ޑީލް އަލުން ވުޖޫދު ކުރުމާމެދު އެމެރިކާގެ ސިޔާސީ ފަރާތްތަކުގެ މެދުގައި މިހާރުވަނީ ވަރަށްބޮޑަށް ޚިޔާލުތަފާތުވުން އުފެދިގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ