އިންފްލޭޝަން މަތިވިޔަސް ޓެކްސް ބޮޑުކުރަން ޖެހޭ: އަމީރު

އިންފްލޭޝަން މަތިވިޔަސް ޓެކްސް ބޮޑުކުރަން ޖެހޭ: އަމީރު

އާންމު ޚިދުމަތާއި މުދަލުން ނަގަމުންދާ ޖީއެސްޓިއާއި ފަތުރުވެރިކަމުގެ ސިނާއަތުން ނަގަމުންދާ ޓީޖީއެސްޓީ ބޮޑު ކުރުމާއެކު އިންފްލޭޝަން މަތި ވެގެންދާނެ ކަމަށާއި، އެހެންނަމަވެސް، ޚަރަދުތައް ކުޑަކޮށްގެން ނަމަވެސް ޓެކްސްއަށް ބަދަލު ގެންނަން ޖެހޭކަމުގައި ފިނޭންސް މިނިސްތަރު އިބުރާހިމް އަމީރު ވިދާޅު ވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފިސްކަން ހާލަތު ރަގަޅު ކުރުމަށް އައިއެމްއެފްއާއި ވާލްޑް ބޭންކާއެކު މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

މިއަދު ރައީސް އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އަމީރު ވިދާޅުވީ، މިހާރު %6ގައި ނަގަމުންދާ ޖީއެސްޓީ %8 އަށް ބޮޑުކޮށް، %12 ގައި ނަގަމުންދާ ޓީޖީއެސްޓީ %16އަށް ބޮޑު ކުރުމުން އިންފްލޭޝަން އިތުރު %1 އުފުލިގެން ދާނެކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންފްލޭޝަން މަތިވި ނަމަވެސް، މިހާރުގެ އިގްތިސާދީ ހާލަތު ހުރިގޮތުން ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ދައުލަތަށް ޓެކްސްއިން ލިބޭ އާމްދަނީ އިތުރު %6 އިތުރުކުރަން ސަރުކާރުން ބޭނުންވާ ކަމުގައެވެ.

ހަރަދުތައް ވެސް ކުޑަ ކޮށްގެން އަދި އާމްދަނީ ވެސް އިތުރު ކުރަން ފިޔަވަޅުތަކެއް އަޅަން މި ޖެހެނީ. އައިއެމްއެފްގެ ރިކޮމެންޑޭޝަންގައި ވެސް އެބައޮތް ރާއްޖެއާ އެއްކަހަލަ އިގްތިސާދެއް އޮންނަ ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ވެސް ކުޑަކަން.

އަމިރު ވިދާޅުވިއެވެ.

އަދި މި ބަދަލުގެ ސަބަބުން، ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއެކު، ކުރިޔަށް އޮތް އަހަރު ރާއްޖޭގައިވެސް ތަކެތީގެ އަގުން މީގެ ނޭދެވޭ އަސަރު ފެނިގެން ދިއުމުގެ ފުރުސަތު އޮތް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޚަރަދުތައް ކުޑަ ކޮށްގެން ނަމަވެސް، ކަރެކްޓިވް މެޝާރސްތައް (ޓެކްސްއަށް ބަދަލު ގެންނަން) ޖެހޭ ކަމުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މިއަހަރު ނިމޭއިރު ރާއްޖެއަށް ކޯވިޑުން އަރައިގަނެވި، އިގްތިސާދީ ހާލަތުން ހެޔި ބަދަލުތަކެއް ފެންނާނެކަމަށް އުއްމީދު ކުރެވޭ ކަމުގައެވެ. އޭނާވިދާޅުވީ ރާއްޖެއަށް ކޯވިޑުން އަރައިގަނެވިފައިވަނީ ލޯންތައް ނަގައިގެން ނަމަވެސް ދައުލަތުގެ މާލި ހާލަތަށް އެދެވޭ ހެޔޮ ބަދަލުތަކެއް ގެނެވުމުގެ ނަތީޖާއެއްގެ ގޮތުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *