އާސެނަލް ކުޅުންތެރިއެއްގެ ގޮތުގައި ޖޭސުސް ދައްކާލައިފި

އާސެނަލް ކުޅުންތެރިއެއްގެ ގޮތުގައި ޖޭސުސް ދައްކާލައިފި

ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ އަށް ކުޅުނު ބްރެޒިލްގެ ހުނަރުވެރި ފޯވަޑް ގެބްރިއެލް ޖެސުސް އާސެނަލް ކުޅުންތެރިއެއްގެ ގޮތުގައި އެ ކްލަބުން ދައްކާލައިފިއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި ޖޭސުސް އާސެނަލްއަށް ސޮއިކޮށްފައިވަނީ ދިގު މުއްދަތުގެ އެއްބަސްވުމެއްގެދަށުން 45 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

އުމުރުން 25 އަހަރުގެ ޖޭސުސްއަކީ އާ ސީޒަނަަށް އާސެނަލްއަށް ގެންދިޔަ ހަތަރުވަނަ ކުޅުންތެރިޔާއެވެ. އަދި އާސެނަލްގެ މިހާރުގެ ކޯޗަކީ ސިޓީގެ ކުރީގެ އެސިސްޓަންޓް ކޯޗް މިކެލް އާޓެޓާކަމުން ޖޭސުސްއަށް އެޓީމަށް ހޭނުމަށް މާގިނަ ވަގުތު ތަކެއް ނަގާނެކަމަކަށް ނުބެލެއެވެ.

އާޓެޓާ ހާމަކުރިގޮތުގައި ޖޭސުސް އޭނާގެ ޓީމާއި ގުޅުމުން ހިތްހަމަޖެހިފައިވާކަމަށެވެ. އަދި ކްލަބުން މިފެންވަރުގެ ކުޅުންތެރިޔަކު އެކްލަބަށް ގެނައުމުގައި ކޮށްފައިވަނީ ވަރަށް މުހިންމު މަސައްކަތެއްކަމަށްވެސް އޭނާ ހާމަކުރިއެވެ. އާސެނަލްގެ ކުރިއަށް ކުޅޭ އެންމެ ފާހަގަ ކޮށްލެވޭ ދެކުޅުންތެރިންކަމަށްވާ ޕިއޭ އެމެރިކް އައުބެމެޔާންގ އާއި އެލެގްޒެންޑަރ ލަކަޒެޓް މިހާރު އެޓީމްގައި ނެތުމުން އާސެނަލްގެ ފޯވަޑް ލައިން ވަރުގަދަ ކުރުމަށް އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ލީގުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޖެސުސް ވަނީ މެންޗެސްޓާ ސިޓީ އަށް 236 މެޗު ކުޅެދީ 96 ގޯލް ޖަހައި ދީފައެވެ. ސިޓީއާ އެކުގައި ޖެސުސް ވަނީ ޕްރިމިއާ ލީގު ހަތަރު ފަހަރު، އެފްއޭ ކަޕް ތިން ފަހަރު، އަދި ލީގު ކަޕް ވެސް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. ބްރެޒިލްގެ ގައުމީ ޓީމުގައި ވެސް ހިމެނޭ ޖެސުސް ވަނީ އެ ޓީމަށް ކުޅެދިން 56 މެޗުގައި 19 ގޯލް ކާމިޔާބުކޮށްދީފައެވެ. އޭނާ ބްރެޒިލަށް ކުޅެން ފެށީ 2016 އިން ފެށިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *