މަންޑޭލާ ރޫލްސްއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ޖަލު އޮފިސަރުންނަށް

މަންޑޭލާ ރޫލްސްއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ޖަލު އޮފިސަރުންނަށް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން “ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދަ ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދަ ނެލްސަން މަންޑޭލާ ރޫލްސް)” އަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް މާފުށީ ޖަލުގެ އެމަޖަންސީ ސަޕޯޓް ގްރޫޕްގެ އޮފިސަރުންނަށް ފަށައިފިއެވެ.

މިމަހުގެ އެކަކުން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ޖުމްލަ 14 އީއެސްޖީ އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މިއީ އީއެސްޖީ އޮފިސަރުންނަށް މިގޮތުން ހިންގޭ ފުރަތަމަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ "ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަރސް (ދަ ނެލްސަން މަންޑޭލާ ރޫލްސް)" ނުވަތަ ޖަލުތަކުގައި ބޭނުންކުރާ ބައިނަލްއަޤްވާމީ މިންގަނޑުތައް، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި މަސައްކަތްކުރާ ހުރިހާ ޖަލު އޮފިސަރުން އަޙުލުވެރިކުރުވައި، ޖަލު އޮފިސަރުންގެ މަސައްކަތްތައް ތަރައްޤީކޮށް ސްޓްރީމްލައިން ކުރުވުމެވެ.

އީއެސްޖީ އޮފިސަރުންނަށް މި ޕްރޮގްރާމްގައި ކިޔަވައިދެނީ "ދަ ނެލްސަން މަންޑޭލާ ރޫލްސް" ގެ "ޓްރޭނިންގ އޮފް ޓްރޭނަރސް" ޕްރޮގްރާމް ފުރިހަމަކުރި ޕްރިޒަން ސާރޖެންޓް އާދަމް ޒާހިދުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *