އަމީރުލް ހައްޖު ޑރ.ޒާހިރު ސައުދީއަށް ފުރާވަޑައިގެންފި

އަމީރުލް ހައްޖު ޑރ.ޒާހިރު ސައުދީއަށް ފުރާވަޑައިގެންފި

މިއަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ހަމަޖައްސެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ސައުދި އަރަބިއްޔާ އަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރު ޒާހިރު ރޭ ފުރާވަޑައިގެންނެވީ މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެ ފަހު ގުރޫޕާ އެކުއެވެ. ރާއްޖެއިން މިއަހަރު 453 މީހަކު ހައްޖަށްދާއިރު، ފުރަތަމަ ގްރޫޕްގައި 156 މީހަކު ފުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި ދެ ވަނަ ގްރޫޕްގައި 175 މީހަކު ވަނީ ބުދަދުވަހު ފުރާފައެވެ. ރޭ ހައްޖަށް ދާ 115 މީހުން ފުރާފައިވަނީ 11:30 ހާއިރުގައެވެ.

ކޮންމެ އަހަރަކުވެސް ދިވެހި ޙައްޖުވެރިންގެ ކަންކަމާ ޙަވާލުވެވަޑައިގަންނަވާނެ ދައުލަތުގެ އިސް މަސްއޫލްވެރިޔަކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި، ޙައްޖު މޫސުމުގައި ސަޢޫދީ ޢަރަބިއްޔާއަށް ފޮނުވައެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 8 ވަނަ ދުވަހެވެ.

ސައޫދީ އަރަބިއްޔާއިން މި އަހަރު ފުރުސަތު ދިނީ އެއްމިލިއަން ހައްޖުވެރިންނަށް ކަމަށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ ބުނެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *