ފެންފުށީގައި ތުނޑިއަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަނީ

ފެންފުށީގައި ތުނޑިއަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
01 ޖުލައި 2022 06:50
0

އދ.ފެންފުށީ ތުޑީ ސަރަހައްދުގައި އުޅެނިކޮށް މޫސޫން ގޯސްވެ، އެރި ރާޅަކާއިއެކު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެންފުށީ ތުޑީ ސަރަހައްދުގައި ދެ މީހަކު ގެއްލުނު ކަމަށާއި، އޭގެ ތެރެއިން އެކަކު ފެނިގެން އޭނާއަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގެއްލުނު ދެވަނަ ޒުވާނާ ހޯދުމަށް އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ޑިންގީތަކުގައި ޒުވާނާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް މިމަސައްކަތުގައި އޭނާ ފެނިފައި ނުވެއެވެ.

މިޒުވާނުން ތުޑީގައި ތިއްބަައި މޫސުން ގޯސްވެ އުދަބާނިގަނޑުގައި ޖެހުމުން ޒުވާނުން ވަނީ އެއްގަމަށް އެރުމަށް މަސައްކަތް ކޮށްފައެވެ. އެސަރަހައްދުގައި މި ޒުވާނުން ތިބީ ފޮޓޯ ނެގުމަށްކަމަށް މައުލޫމާތުލިބެއެވެ. އޭރު އެސަރަހައްދުގައި 4 ޒުވާނުން ތިއްބެވެ.

ގެއްލުނު ދެ ޒުވާނުންގެ ތެރެއިން މަރުކަޒުގައި ފަރުވާ ދެމުންދާ ޒުވާނާ އިތުރު ފަރުވާއަށް ފުރުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.