އިނގިރޭސިވިލާތުން ޔޫކުރެއިންއަށް 1.2 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އެހީ ފޯރު ކޮށްދެނީ

އިނގިރޭސިވިލާތުން ޔޫކުރެއިންއަށް 1.2 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އެހީ ފޯރު ކޮށްދެނީ

އިނގިރޭސިވިލާތުން ޔޫކުރެއިންއަށް އިތުރު 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ސަޕްލައި ކޮށްދޭނެކަން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާން ކުރައްވައިފިއެވެ. ޖޯންސަން މިކަން އިއުލާން ކުރައްވާފައިވަނީ ބުރާސްފަތި ދުވަހު ކުރިޔަށްދިޔަ ނޭޓޯ ސަމިޓްގައެވެ.

"މިއެހީ ވެގެން ދާނީ، ބައިނަލްއަގުވާމީގޮތުން ޔޫކުރެއިންއަށް ފޯރުކޮށްދެމުންދާ އެހީގެ މުޅިން އާ ބާބެއްގެ ފެށުން ކަމުގައި،" އިނގިރޭސި ބޮޑުވަޒީރުގެ ގެކޮޅު، 10 ނަންބަރު ޑައުނިންގެ ސްޓްރީޓުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

މިބަޔާނުގައި ވާގޮތުން އިނގިރޭސިވިލާތުން ދޭ އެހީގެ ތެރޭގައި، ފަހުގެ އެއަރ ޑިފެންސް ސިސްޓަމްތަކާއި، މީހުންނާ ނުލާ އުދުހޭ ބޯޓުތަކާއި، ހަނގުރާމަމަތީ އިލެކްޓްރޯނިކް ސާމާނުގެ އިތުރުން ޔޫކުރެއިން ސިފައިންނަށް ބޭނުންވާ އެތައްހާސް ކިޓްވެސް ހިމެނެއެވެ.

"ޕުޓިންގެ އަނިޔާވެރިކަމުގެ ސަބަބުން ޔޫކުރެއިންގެ އެތައް ބައެއްގެ ފުރާނަ ނެތި، ޔޫރަޕްގެ ރައްކާތެރިކަމަށްވަނީ ނުރައްކާވެފަ،" ޖޯންސަން ވިދާޅުވެފައި ވެއެވެ.

"އިނގިރޭސިވިލާތުން ފޯރުކޮށްދޭ ހަތިޔާރުތަކުން ދަނީ، ރަޝިއާގެ އުދުވާންއާއި ދެކޮޅަށް ޔޫކުރެންއިންގެ އަސްކަރިއްޔާއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނަމުން. އަދި ރަޝިއާއަށް މި ހަނގުރާމަ ކާމިޔާބު ނުކުރެވޭކަން ޔަގީން ކޮށްދިނުމުގެ ގޮތުން ޔޫކުރެއިންއާއެކީ އަހަރެމެން އެންމެންވެސް ސާބިތުވެ ތިބޭނަން،" ޖޯންސަން އިތުރަށް ވިދާޅުވެފައި ވެއެވެ.

އިނގިރޭސިވިލާތުން ޔޫކުރެއިންއަށް ހަތިޔާރުގެ އެހީ ފޮރުކޮށް ދޭނެކަން އިއުލާން ކުރުމާއި ގުޅިގެން ޔޫކުރެއިންގެ ރައީސް ލާޑިމިރް ޒެލެންސްކީވަނީ އިނގިރޭސިވިލާތަށް ޝުކުރު އަދާ ކޮށްފައެވެ.

މިފަހްތާގެ އާދީއްތަ ދުވަހު އިނގިރޭސިވިލާތުން އިއުލާންކުރި ހަތިޔާރުގެ އެހީއާއެކީ، ޔޫކުރެއިންއަށް އިނގިރޭސިވިލާތުން ފޯރުކޮށްދޭ އެހީގެ އަދަދު މިހާރުވަނީ 2.8 ބިލިއަން ޑޮލަރަށް އަރާފައެވެ. އިނގިރޭސިވިލާތަކީ އެމެރިކާ ފިޔަވާ ދެވަނައަށް އެންމެ ބޮޑު އެހީއެއް ޔޫކުރެއިންއަށް ފޯރުކޮށްދީފައިވާ ގައުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *