މިސަރުކާރުން މިހާތަނަށް ފުލުހުންނަށް ހެދީ މުޅިންވެސް ރަނގަޅު ގޮތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝަހީމް މިހެން ވިދާޅުވީ، ފުލުހުންގެ މުވައްސަސާއަށް ހެޔޮ ބަދަލު ގެނައުމަށް މެމްބަރު ޖާބިރު ހުށަހެޅުއްވި ޤަރާރުގެ ބަހުސްގައި މެމްބަރު ޝިއާމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. މެމްބަރު ޝިޔާމް ވަނީ މިސަރުކާރުން ފުލުހުންގެ ތެރެއަށް ނުފޫޒު ފޯރުގައި، ބަލަމުންދަ މައްސަލަތަކަށް އިންތިހާއަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވެފައެވެ.
ޝިޔާމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން، އަނދުން ހުސެއިން ވިދާޅުވީ މިސަރުކާރުން ފުލުހުންގެ މުވައްސަސާގެ ތެރެއަށް ނުފޫޒު ފޯރުވައި ކަންކަން ނުކުރާނެކަމަށެވެ. މިސަރުކާރުން ވަނީ ފުލުހުންގެ ޚިދުމަތަށް އިސްލާހީ ބޮޑެތި ބަދަލު ގެނެސް ފުލުހުންގެ މުވައްސަސާއަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ޤާނޫނަށް ގެނެވުނު އިސްލާހުތަކާއި، ފުލުހުންގެ އިދާރީ ހިންގުމަށް ގެނެވުނު ބަދަލުތަކަކީ މިއަދު ފުލުހުންގެ މުވައްސަސާއަށް އައިސްފައިވާ ހެޔޮބަދަލެއްކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމްގެ ވާހަތަކަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ ފުލުހުންގެ މުވައްސަސާއަށް ކިތަންމެ ސަނާއެއް ކިޔަސް ބަލަމުންދާ މައްސަލައެއްގެ ތަހުގީގެއް ނުހުއްޓޭނެކަމަށެވެ. އެމައްސަލަތައް ފުލުހުން ބަލަމުނާދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިހެން ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ބަރަހަނާ ވީޑިއޯއާއި ފޮޓޯތަކުގެ ތެރޭގައި މެމްބަރު ހުސެއިން ޝަހީމްކަމަށް ބެލެވޭ މީހެއްގެ ފޮޓޯވެސް ދައުރުވަމުންދަނިކޮށް، އެމައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ