ކުރީގެ މިނިސްޓަރ ޠާރިޤްގެ މަންމާފުޅު އަވަހާރަވެއްޖެ

ކުރީގެ މިނިސްޓަރ ޠާރިޤްގެ މަންމާފުޅު އަވަހާރަވެއްޖެ

Author
މުޙައްމަދު ޖިމީ
30 ޖޫން 2022 11:42
0

ކުރީ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްގެ މަންމާފުޅު މިއަދު ހެނދުނު އަވަހާރަވެއްޖެއެވެ.

ކުރީގެ މިނިސްޓަރ ޠާރިޤް ވިދާޅުވީ، މަންމާފުޅު ރަހީމާ މޫސާ ދީދީ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނު ކަމަށެވެ. އަވަހާރަވީ ކޯވީޑް-19އަށް ފަރުވާދެމުން އަންނަނިކޮށެވެ. އަވަރާހަވިއިރު ޢުމުރުފުޅަކީ 77 އަހަރެވެ.

މިނިސްޓަރ ޠާރިޤަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރެވެ. އެމަނިކުފާނު ވަނީ ވަޒީރުކަމުގައި ތިމާވެށީގެ ދާއިރާއިން މުހިންމު ސިޔާސަތުތަކެއް ތަންފިޒްކުރައްވާފައެވެ. އެންމެބޮޑަށް ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 2015 ވަނަ އަހަރުގެ ޕެރިސް އެގްރިމަންޓުގައި ރާއްޖެއިން ވަކާލާތުކޮށްގެން ހިމެނި ސިޔާސަތުތަކެވެ. އެކަމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް އުޅުއްވީ މިނިސްޓަރ ޠާރިޤްއެވެ.

ވަޒީރުކަމަށްފަހު މިހާރު ޠާރިޤް ބޮޑަށް އުޅުއްވަނީވެސް ތިމާވެށީގެ ދާއިރާގައި އަމިއްލަ މަސައްކަތްކުރެއްވުމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.