ދިޔާނާ، މޫސައަށް: މިވެރިކަން ގެންނަން ގުރުބާނީވީއިރު، މޫސަހުރީ ޔާމީނަށް މަޖިލިސް ކަނބާދޭން

ދިޔާނާ، މޫސައަށް: މިވެރިކަން ގެންނަން ގުރުބާނީވީއިރު، މޫސަހުރީ ޔާމީނަށް މަޖިލިސް ކަނބާދޭން

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2022 08:24
0

މިސަރުކާރު ވެރިކަމަށް ގެންނަން އޭރުގެ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދިޔައިރު، މިހާރު ރައީސް ޞާލިހަށް ތައުރީފްކޮށް ވާހަކަ ދައްކަވާ މޫސާ މަނިކު ހުންނެވީ، އޭރުގެ ރައީސް ޔާމީނަށް މަޖިލިސް ކަނބާދޭން ކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން މާލެ ސަރަހައްދުން ހުޅުވާލި ގޯއްޗަށް މާލެއަށް އުފަން މާލޭ މީހުންނަށް އެކަނި ކުރިމަތިލެވޭ ގޮތަށް އޮތް އޮތުމަށް ތާއީދުކޮށް މޫސަ ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. މޫސަ ވިދާޅުވެފައިވަނީ މާލޭގެ ރައްޔިތުންގެ ތެރެއިން އެތައް އަހަރެއް ވަންދެން ހުސް ބިންކޮޅެއް ނުލިބިފައިވާ މީހުންނަށް އެފުރުސަތު ސަރުކާރުން ފަހިކޮށް ދިނުމުން އެކަން ބޮޑުކަމަށް ހަދަންޖެހޭ ސަބަބެއް ނުވިސްނޭކަމަށެވެ.

ސިޔާސީގޮތުން ކުރިލިބޭތޯ ބެލުމާ ނަސްލީ އިމްތިޔާޒު ފެތުރުން، މި ވެރިން މިތިބެނީ މާލޭން ފުލެޓާ ގޯއްޗާ ހޯދާ ބިންވެރިވެ ބޯހިޔާވަހިކަން ޔަޤީންކޮށްގެނޭ. އެވަރުންވެސް ނުފުދިގެން ސަރުކާރާދިމާ ކުރަން ކުރާ މަސައްކަތް މި އަމާޒުވަނީ 40 އަހަރުވަންދެން ޙާލުގައުޅުނުބަޔަކަށް.

– މޫސަ ވިދާޅުވިއެވެ.

މޫސަގެ މިވާހަތަކަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވީ ސަރުކާރާއި ދިމާކުރާށޭ މޫސަ ވިދާޅުވާއިރު، މޫސައަކީ ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް އޭރުގެ އިދިކޮޅު ފަރަތްތަކުން ބުރަ މަސައްކަތް ކުރަމުންދިޔަ އިރު ރައީސް ޔާމީނަށް މަޖިލިސް ކަނބާދޭން ހުންނެވި ބޭފުޅާކަމަށެވެ.

ސަރުކާރާއި ދިމާކުރާށޭ ވިދާޅުވިއިރު މިސަރުކާރު ގެންނަން އަޅުގަނޑުމެން ގުރުބާން ވީއިރު މޫސަ ހުންނެވީ ރައީސް ޔާމީނަށް މަޖިލިސް ކަނބާދޭން. މިއީ އަޅުގަނޑުމެންގެ ސަރުކާރު. އިންސާފުން ނެއްޓެންޏާ ދަންނަވާނަން. 49 އަހަރު ވަންދެން ހާލުގައި އުޅުނު މީހުން ތެރޭ ރަށްރަށުގެ މީހުން ބޯކޮށް ހިމެނޭ.

– މޫސަ ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ސަރުކާރުން
ވަނީ ހުޅުވާލާފައެވެ. ގޯއްޗާއި ފްލެޓަށް ކުރިމަތިލިވޭނީ މާލޭގެ ރައްޔިތުންނަށް އެކަނިކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މިސްކީމުގެ ދަށުން ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައަޅާނީ މައިގަނޑު 3 އުޞޫލަކުންނެވެ. މި އުޞޫލުތަކާއި، ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހައުސިންގ މިނިސްޓްރީން މިއަދު ވަނީ އިޢުލާންކުރައްވާފައެވެ.

ދޫކުރާ ގޯތީގެ ބޮޑުމިން ކަނޑައަޅާނެ އުޞޫލު:

* އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓު
* ޖޮއިންޓް އެޕްލިކޭޝަނެއްނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ
* 7 މީހުންނަށްވުރެ ގިނަ މީހުން އެއްކޮށް ބައިވެރިވާނަމަ ޖުމްލަ 4،000 އަކަފޫޓު

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

* މާލޭގެ ރައްޔިތެއްކަމުގައިވުން
* 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
* މާލޭ ސަރަޙައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުން
* 600 އަކަފޫޓަށްވުރެ ބޮޑުތަނެއް ރަޖިސްޓްރީވެފައިވާނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން
* އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިވާ މީހެއްކަމުގައި ނުވުން
* ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެންއޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުން
* އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައިނުވުން

ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

* މާލޭގެ ރައްޔިތެއްކަމުގައިވުން
* 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
* މާލޭގެ ރަށްވެއްސަކަށްވެފައިވާތާ ނުވަތަ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތެއްކަމުގައިވުން
* އެއްވެސް މަޝްރޫޢަކުން މީގެކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށްނުވުން
* މާލޭ ސިޓީން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ޔުނިޓެއް/ބިމެއް ތަނެއް ގަނެފައިވާ ފަރާތަކަށްނުވުން
* ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ވިއްކާފައިނުވުން
* މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000 ރުފިޔާވުރެ ބޮޑުނުވުން

ގޯތި ނުވަތަ ފްލެޓަށް އެދި ހުށަހެޅިދާނެ ގޮތްތަކާއި، ގޯތި ނުވަތަ ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތާއި، އެހެނިހެން ތަފްޞީލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުޞޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ދެ ސްކީމަށް ޝަރުތު ހަމަވިނަމަވެސް، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ ފަރާތަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށްކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަދުރޭ
މާލޭގާ އުޅޭތާމިހާރު 48 އަހުރު މާލޭގާވެސް ރާއްޖެތެރޭގާވެސް ބޯހިޔާވަހިކަމެއްނެއް ކޮންމެފަރަކު ފުލެޓައްވެސްއެދުނިން އެކަމަކު ސަރުތުހަމަނުވާކަމައްބުނެ ފޯމުވެސް ބަލާނުގަނެ ފޮނުވާލަނީ ވޯޓައްވީމާ ފެންނާނެ ދެން ޖެހޭނީ ހަނދާން ނައްތާލަން