ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އަދީބު އިސްކޮށް ހުންވައިގެން އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަސީން ކުރި ޓުވީޓެއގައި ބުނެފައިވަނީ އަދީބު ބަލިވެގެން މިއަދު އައިޖީއެމްއެޗް ފުލޫ ކުލިނިކުން ޓެސްޓް ކުރިއިރު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
MTD President, Former Vice President of Maldives @Ahmed_Adeeb was taken to IGMH Fulu Clinic with high fever & tested positive for COVID.
Adeeb is under long term treatment for multiple medical issues & he is a High Risk COVID Patient.
Please keep Adeeb in your prayers 🤲
— Maldives Third-Way Democrats (@MTDSecretariat) June 28, 2022
އަދީބަކީ ގިނަ ބަލިތަކަކަށް ފަރުވާ ކުރަމުންދާ ކޯވިޑްގެ ހައިރިސްކު ޕޭޝަންޓެއްކަމަށް އެޕާޓީން ބުނެއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު ކޯޓުގެ ހުއްދައާއިއެކު އޭނާގެ ބަލި ހާލަތު ހުރިގޮތުން އޭނާ ވަނީ ގެއަށް ބަދަލުކޮށްފައެވެ. އަދީބު ގޭގައި ހުރުމަށް ހުއްދަ ދީފައިވަނީ އަދީބު ނިދަން ޖެހެނީ ވަކި ޚާއްޞަ މެޝިނެއް އެހީގައިކަމަށްވާތީ ކަމަށް ހޯމް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެޑައިގެންފައެވެ. އަދީބު ޝަރީއަތުގެ މަޖިލީހުގައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ތަފްސީލުތައް ކިޔާދެއްވާފައެވެ. އަދި ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ގުޅިގެން ހިންގި ޖަރިމާއެއްކަމަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ވަނީ ތުހުމަތުކުރައްވާފައެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއަކީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރާއި އޭގެފަހުން ނާއިބު ރައީސަކަށް ހުންނަވާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވިއިރު ހިންގާފައިވާ ކޮރަޕްޝަން މައްސަލަތަކާއި ގުޅޭ ދައުވާތަކެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ހިޔާނާތުގައި ބައިވެރިވިކަމުގެ ކުށުގެ ދެ ދައުވާ އާއި މަގާމު ނުފޫޒު ބޭނުންކުރުމުގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރކުރުމުގެ ކުށުގެ ދެ ދައުވާއެވެ. އެހުރިހާ ދައުވާއެއް ސާބިތު ވެއަދީބު އަންނަނީ 20 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުންނެވެ.