ހައިކޯޓުގެ ފަނޑިޔާރުކަމަށް ސްޕީރިއާ ކޯޓުތަކުގެ ޤާޒީންނާއެކު ވާދަވެރިކަން ބޮޑު

ހައިކޯޓުގެ ފަނޑިޔާރުކަމަށް ސްޕީރިއާ ކޯޓުތަކުގެ ޤާޒީންނާއެކު ވާދަވެރިކަން ބޮޑު

ގުޅުންހުރި

ހަ އިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ ފަނޑިޔާރުގެ މަޤާމަށް ގިނަ ފަނޑިޔާރުންތަކެއް ކުރިމަތިލައްވައި ވާދަވެރިކަން ބޮޑުވެއްޖެއެވެ. ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ މަޤާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުއްރައޫފް އިބްރާހިމް މަގާމުން އިސްތިއުފާ ދެއްވުމާއި ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމުންނެވެ.

ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް 5 ބޭފުލަކު ކުރިމަތިލެއްވިއެވެ. އެބޭފުޅުންނަކީ:

– ސިވިލް ކޯޓުގެ ޤާޟީ ޒުބައިރު މުޙައްމަދު
– ސިވިލް ކޯޓުގެ ޤާޟީ ހާފިޒާ އަބްދުއްސައްތާރު
– ސިވިލް ކޯޓުގެ ޤާޟީ އަޒުފާ އަބްދުލްޣަފޫރު
– ކްރިމިނަލް ކޯޓުގެ ޤާޟީ ދީބާނާޒް ފަހުމީ
– ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު

ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަލީ ސަމީރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަޤާމަށް އިއްޔެ ވަނީ ފެމިލީކޯޓުގެ އިސްޤާޟީގެ މަޤާމުގައި ހުންނެވި އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އައްޔަންކުރައްވާފައެވެ.

ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި މަހަކު 54،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސްވެސް ލިބިވަޑައިގަންނަވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ