"ޖަވާން" ގައި ދީޕިކާގެ ހާއްސަ ފެނިލުމެއް

"ޖަވާން" ގައި ދީޕިކާގެ ހާއްސަ ފެނިލުމެއް

Author
ފާތިމަތު ނާވީ
29 ޖޫން 2022 06:54
0

ޝާހުރުކް ޚާނާއި ސައުތުގެ މަޝްހޫރު އެކްޓްރެސް ނަޔަންތަރާގެ ފިލްމް "ޖަވާން" ގައި ދީޕިކާ ޕަޑުކޯންގެ ހާއްސަ ފެނިލުމެއް ހިމެނޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމަކީ ސައުތު އިންޑިއަން ސިނަމާގެ މަޝްހޫރު ތަރި ނަޔަންތަރާ ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ.

ފިލްމު ޖަވާންގައި ޝާހުރުކްގެ އަންހެނުންގެ ރޯލު ކުޅުމަަށް ޝާހްގެ އިތުރުން ޑައިރެކްޓަރ އަތުލީ ވެސް ވަނީ ދީޕިކާއާއި ވަރަށް ގިނަ ދުވަހު ވާހަކަ ދަައްކާފައެވެ. އަދި މިހާރު އެ ރޯލަށް ދީޕިކާ އެއްބަސް ވެފައި ވާކަމަށް ޚަބަރުތައް ބުނެއެވެ. ލީޑު އެކްޓަރުގެ އަންހެނުންގެ ރޯލު ކުޅުނު ނަމަވެސް މިއީ ފިލްމުގައި ވަރަށް ކުޑަ ރޯލެކެވެ.

2018 ވަނަ އަހަރުގެ ފްލޮޕް ފިލްމު "ޒީރޯ" އަށް ފަހު ޝާހުރުކް އެބުރި ބޮޑު ސްކްރީނަށް އައުމަަށް ދަނީ މަސައްކަތް ކުރަމުންނެއެވެ. އެގޮތުން އޭނާގެ އަތުގައި މިހާރު ވަަރުގަދަ ދެތިން ޕްރޮޖެކްޓެއް އެބައޮތެވެ.

އޭގެތެރެއިން ބެލުންތެރިންނާ އެންމެ އަވަހަށް ބައްދަލުކުރާނެ، ސިދާތު އާނަންދުގެ "ޕަތަން" އަދި ރާޖްކުމާރު ހިރާނީގެ "ޑަންކީ" ފަދަ ވަރުގަދަ އުންމީދީ ފިލްމުތަކެއް އެބަހުއްޓެވެ.

ފިލްމު "ޖަވާން" ގެ ޓީޒާއެއް މި މަހުގެ ކުރީކޮޅު ދައްކާލާފައި ވާއިރު މިއީ ނަޔަންތަރާ އާއި ޝާހް އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ.

ޝާހްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީސް އެންޓަޓެއިންމެންޓުން އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ އަތުލީއެވެ. މީގެ ކާސްޓުގައި ޝާހްރުކާއި ނަޔަންތަރާގެ އިތުރުން ސަނާޔާ މަލޯތުރާ އަދި ސުނިލް ގްރޯވަރުވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.