ބޭރުގެ ދަރަނި ނުދެއްކި، 1918ގެ ފަހުން ފުރަތަމަ ފަހަރަށް ރަޝިއާ ފޮއިންގ ޑިފޯލްޓަކަށް ގޮސްފި

ބޭރުގެ ދަރަނި ނުދެއްކި، 1918ގެ ފަހުން ފުރަތަމަ ފަހަރަށް ރަޝިއާ ފޮއިންގ ޑިފޯލްޓަކަށް ގޮސްފި

Author
ހުސެއިން
27 ޖޫން 2022 02:29
0

ރަޝިއާގެ ސޮވެރިންގ ގެރެންޓީގެ ދަރަނި ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކި، ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެގައުމު ފޮރިންގ ޑީފޮލްޓަކަށް ގޮސްފިއެވެ.

ރަޝިއާއިން ދައްކަންޖެހޭ 100 މިލިއަން ޑޮލަރުގެ ދެ ބޮންޑްގެ ގްރޭސް ޕީރިއަޑްގެ 30 ދުވަހުގެ މުއްދަތުވެސް ފަހަނައަޅާ ގޮސް، ދަރަނި ދައްކަންޖެހޭ ތާރީޚު ފަހަނަ އަޅާ ދިޔައީ މިމަހުގެ 27 ވީ އާދީއްތަ ދުވަހުއެވެ.

ބްލޫމްބާގް ނިއުސް އޭޖެންސީން ހާމަ ކޮށްފައިވާ ގޮތުގައި ދަރަނި ދައްކަންޖެހޭ ތާރީޚުގައި ބޭރުގެ ދަރަނި ނުދެއްކިއްޖެނަމަ، އެގައުމެއް ފޮރިންގ ޑީފޯލްޓަކަށް ގޮސްވާ ކަމުގައި ކަނޑައަޅަން ޖެހޭނެއެވެ.

ފާއިތުވި ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދޭން ފެށިފަހުން އެގައުމަށްވަނީ، ދައްކަން ޖެހިފައިވާ 40 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑުގެ ޕޭމަންޓްތައް މުއްދަތުގައި ދެއްކުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ލާފައެވެ.

ރަޝިއާއަށް މިހާލަތު ކުރިމަތިވެގެން ދިޔައީ، ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން ރަޝިއާއާއި ދެކޮޅާފައިވާ އިގްތިސާދީ ހަރުކަށި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުންނާއި، އަދި ބައިނަލްއަގުވާމީ ފައިނޭންޝަލް ސިސްޓަމުން ރަޝިއާ މުޅިންހެން ކަހަލަ ގޮތަކަށް އެކަހެރި ކުރެވިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި ރަޝިއާގެ އެސެޓްތަކުގައި ބައިނަލްއަގުވާމީ މާރކެޓްގައި އިންވެސްޓުކުރުން އެކީ ކަހަލަ ގޮތަކަށް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އެހެންނަމަވެސް ރަޝިއާއިން ވަނީ، މި ހާލަތަކީ އެގައުމު ޑިފޯލްޓަކަށް ދިއުން ނޫންކަމުގައި ބުނެފައެވެ. އަދި ބުނެފައިވަނީ، ފައިސާ ނުދެއްކިވާ ހުރިހާ ބިލަކަށްވެސް ފައިސާ ދެއްކޭނެ މިންވަރަށް އެގައުމުގައި ފަންޑު ހުރި ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.