ރައީސް ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް

ރައީސް ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2022 11:34
0

ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލާގެ މިއަދުގެ އަޑު އެހުން ކެންސަލް ކޮށްފިއެވެ.

އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިއަދުގެ އަޑުއެހުން ބޭއްވުމަށް ތާވަލްކުރީ ހެނދުނު 9:30 ގައެވެ. މިމައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ މިމައްސަލާގައި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ ވަކީލުން ބަލިވެ އުޅޭތީ އަޑުއެހުން ކެންސަލް ކޮށްދޭން އެދުމުންނެވެ.

މި މައްސަލާގައި ދައުލަތުގެ ފަރާތުން ވަނީ 13 ހެއްކަކު ހުށައަޅާފައެވެ. ދިފާއުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށަހަޅާފައިވަނީ 7 ހެކިންނެވެ. މިމައްސަލާގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކަކީ ހެކިބަސް ނެގުމުގެ އަޑުއެހުންތަކެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މި މައްސަލާގައި ހުށައަޅާފައިވާ ހެކިންގެ ހެކިބަސްތައް މިމަހު ނަގާ ނިންމުމަށް ތާވަލުކުރައްވާނެކަމަށެވެ. އަދި މިމަހުގެ 30ގެ ނިޔަލަށް ހެކިބަސް ނަގާ ނިންމަން ގަސްތުކުރައްވާކަމަށް ގާޒީ ވިދާޅުވިއެވެ.

ހެއްކާއި ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކާ މައްސަލައިގެ ހުލާސާ ބަޔާން އަންނަ އޮގަސްޓްމަހު ހުށައަޅަން ތާވަލުކުރަން ގާޒީ ވަނީ ނިންވާފައެވެ. އަދި އޭގެ ފަހުން 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަވާނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.