ފުލުހުން ބަލަމުންދާ މައްސަލައެއްގައި ކަމަށްބުނެ އިސޫ ހައްޔަރުކޮށްފި

ފުލުހުން ބަލަމުންދާ މައްސަލައެއްގައި ކަމަށްބުނެ އިސޫ ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2022 11:11
0

ފުލުހުން ބަލަމުންދާ މައްސަލައެއްގައި ކަމަށްބުނެ، އިސްމާއީލް އަބްދުލްރަހީމް އާދަމް (އިސޫ) ހައްޔަރުކޮށްފިއެވެ.

އިސޫ ހައްޔަރު ކޮށްފައިވަނީ އޭނާ ހައްޔަރު ކުރަން އުޅޭކަމުގެ އަޑުތަކެއް އިއްޔެ ހަވީރުން ފެށިގެން ދެކެވެމުންދަ ދަނިކޮށެވެ. އަދި ރޭ އޭނާ ވަނީ އަމިއްލައަށް ޕޮލިހަށް ހާޒިރުވެ، ކޯޓު އަމުރެއް އޮތްނަމަ ހައްޔަރުކޮށްދޭންވެސް އެދިފައެވެ. ގެދޮރުގެ މައްސަލައިގައި އަޑުއުފާ ޖަމިއްޔާ "ކޮތަރުކޮށި"ގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އިސްމާއީލް އަބްދުލްރަހީމް އާދަމް (އިސޫ) ހައްޔަރު ކޮށްފައިވަނީ ކޮން ކަމަމައިގުޅިގެން ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ޔޯގާ ހަަމަނުޖެހުމަށް ފަންޑު ކުރިކަމަށް ބުނެއެވެ. އަދި ބައެއް މީޑިއާތަކުގައި އޭނާ ހައްޔަރު ކޮށްފައިވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ވަނީ ބުނެފައެވެ. ނަމަވެސް ފުލުހުން އަދި މިހާތަނަށް އޭނާ ހައްޔަރު ކުރިކަން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

އިސޫ ހައްޔަރުކުރީ ބަޔަކާ އެކު ކާނިވަލުގައި އިންދައެވެ. އިސޫއަކީ މަރު ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އަށް ފާރަލައި ހެދި އެކަކެވެ. މި މައްސަލައިގައި މީގެ ކުރިން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވެއެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އިސޫއަކީ ހަރުކަށި ފިކުރުގެ ޖިހާދީ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ. ރިލްވާން ވަގަށް ނެގުމުގެ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވަނީ، ދީނީ ގޮތުން ގެންގުޅޭ ފިކުރުތަކެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިސޫ އޭނާއަށް ފާރަލަމުން ދިޔަކަން އެކޮމިޝަނުން އެކުލަވާލި ރިލްވާންގެ ރިޕޯޓްތަކުން އެނގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.