ކޯވިޑް-19ގައި 24 ގަޑިއިރުތެރޭ ދެމީހަކު ނިޔާވެއްޖެ

ކޯވިޑް-19ގައި 24 ގަޑިއިރުތެރޭ ދެމީހަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން 24 ގަޑިއިރު ތެރޭގައި ދެވަނަ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑްގައި ރޭ އެންމެ ފުރަތަމަ ނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނެކެވެ. އެ ޒުވާނާ ނިޔާވެފައިވަނީ ރޭ 12 ޖަހާކަށްހާއިރު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އެހެންނަމަވެސް ނިޔާވި 20 އަހަރުގެ ޒުވާނާ ނިޔާވީ ކޯވިޑްގެ ސަބަބުންކަން ނުވަތަ އެހެން ބައްޔެއްގެ ސަބަބުންކަން ޔަޤީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ނުބުނެއެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް ޖެހިގެން މިއަދު ނިޔާވި ދެވަނަ މީހާއަކީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އޭނާ ނިޔާވެފައިވަނީ ހުޅުމާލެ ހިޔާ ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށްކަމަށް އެޗްޕީއޭއިން ބުންޏެވެ. މިމަރާއެކު ރާއްޖޭގައި ކޯވިޑްޖެހިގެން ނިޔާވި މީހުންގެ ޢަދަދު މިވަނީ 302އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު އަންނަނީ އަނެއްކާވެސް އިތުރުވަމުންނެވެ. މިކަމާގުޅިގެން އެޗްޕީއޭއިންވަނީ ކޯވިޑް ވެކްސިން ފުރިހަމަކުރުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ. ރާއްޖެއިން ކޯވިޑްގައި ނިޔާވާ މީހުންގެ ޢަދަދުތައް އިތުރުވެފައިވާއިރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތަކާއި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *