ރައްޔިތުންގެ މަޖިލިސް ޖަވާބުދާރީކޮށް ޒިންމާދާރު ކުރުމަށް މިނިސްޓަރ މަލީހުއާއި، ހަވާލުކޮށް ކުރައްވާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްހޫރު ލަވަ ކިޔުންތެރިޔާ މެޒޯ މުހައްމަދު ޝުކުރު ދަންނަވައިފިއެވެ.
ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއަށް މަޖިލީހުން ވަދެ، ބަރުލަމާނީ ނިޒާމުގެ ސިފަތައް ޖައްސަން މަސައްކަތް ކުރާ ކަމަށާއި އެކަން ކުރާކަށް ފުރުސަތު ނުދެއްވާނެކަމަށް ޓެކްނޮލޮޖީ، މިނިސްޓަރ މަލީހު ވިދާޅުވެ ދެއްވި ރައްދާއިއެކު ވަޒީރު ވަނީ ހޫނު ފެނަށް ވެއްޓިފައެވެ. މަޖިލީހުގެ އެމްޑީޕީގެ ގިނަ މެމްބަރުން ދަނީ މަލީހަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.
މިނިސްޓަރ މަލީހު ވިދާޅުވެފައިވަނީ ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއަށް މަޖިލީހުން ވަދެ ވަރަށްބޮޑަށް ނުފޫޒު ފޯރުވާތަން މިއަދު ފެންނަމުންދާކަމަށެވެ. ނަމަވެސް މަޖިލީހަށް ޤާނޫނީ ގޮތުން ވަކި މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ވަކި ބާރަކަށްވާއިރު، ސަރުކާރު ހިންގުމުގެ ތެރެއަށް ވަނުމަށް މަަސައްކަތް ކުރަމުންދާތަން ފެންނަކަމަށެވެ. ނަމަވެސް އެފުރުސަތު ސަރުކާރުން މަޖިލީހަށް ނުދެއްވާނެކަމަށް މަލީހު ވިދާޅުވިއެވެ.
މަޖިލީހުގެ މިވާހަތަކައި ގުޅިގެން އެމްޑީޕީގެ އާންމު ގިނަ މެމްބަރުންވެސް ދަނީ ޝޫއޫރު ފާޅުކުރަމުންނެވެ. އެގޮތުން އެމްޑީޕީއަށް އަބަދުވެސް ތާއީދު ކުރައްވާ މިސަރުކާރު ގެނައުމަށްވެސް މުހިންމު ދައުރެއް އަދާކުރެއްވި ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު ބުނެފައިވަނީ ރައީސް ޞާލިހު ސަރުކާރު ހިންގެވުމުގެ ބުރަ މަސައްކަތް ކުރައްވާއިރު، މަޖިލިސް ޖަވާބު ދާރީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިނިސްޓަރ މަލީހު އާއިކަމަށެވެ. މުހައްމަދު ވަނީ މަޖާޒީ ގޮތަކަށް މިކަމަށްޓަކައި ރައީސް ޞާލިހުއަށް ޝުކުރު އަދާކޮށްފައެވެ.
Majlees javaabu dhaaree kuruvumaa hama magah elhuvumuge zinmaa Maleeh Jamaal aa havaalu kuravvaa sarukaaru hingevumugaa raeesul jumhooriyyaa thiya kuravvaa hivvarah fah fashun shukuriyyaa… ?
— mezzomohamed (@mezzomohamed) November 14, 2020
މިނިސްޓަރ މަލީހަކީ މިސަރުކާރަށް ކެނޑިނޭޅި އެންމެ ގިނައިން ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންދާ ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދުގެ ދެބެއިންގެ ދެދަރި ބޭފުޅެކެވެ. ފަހަކަށް އައިސް މަލީހު ދަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. މިފަހަރު މަލީހު ދެއްކެވި ވާހަކާއި ގުޅިގެން މަލީހު ހޫނު ފެނަށް ވެއްޓިފައިވަނީ ބަރުލަމާނީ ނިޒާމާއި ގުޅުވައި ވާހަކަ ދެއްކެވުމުންކަމަށް ގިނަބަޔަކު ދެކެއެވެ.
ކޮމެންޓު ފޮނުވާ