ވޯލްޑް ކަޕްގެ ޓީމުތަކުގެ ސްކޮޑު 26 ކުޅުންތެރިންނަށް އިތުރުކޮށްދީފި

ވޯލްޑް ކަޕްގެ ޓީމުތަކުގެ ސްކޮޑު 26 ކުޅުންތެރިންނަށް އިތުރުކޮށްދީފި

މިއަހަރު ފަހުކޮޅު ގަތަރުގައި ބާއްވަން ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކުގެ ލިސްޓުގައި 23 ކުޅުންތެރިންގެ ބަދަލުގައި އިތުރު ތިން ކުޅުންތެރިންނާ އެކު ޖުމަލް 26 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ދީފިއެވެ.

މިއީ 26 ކުޅުންތެރިންނާ އެކު ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ. މުބާރާތުގައި ވާދަކުރާ ސްކޮޑުގައި 23 ކުޅުންތެރިން ހިމަނަށް ފެށީ 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުން ފެށިގެންނެވެ. އޭގެ ކުރިން ސްކޮޑުގައި ހިމެނޭނީ 22 ކުޅުންތެރިންނެވެ.

ސްކޮޑު އިތުރުކޮށްދޭން ފީފާ އިން ދެން ބެލި އަނެއް ސަބަބަކީ ކޯވިޑް-19 ގެ ހުއްޓުމަށް ފަހު ފުޓްބޯޅަ އަލުން ފެށިއިރު، ރަސްމީ މެޗުތަކުގައި ފަސް ބަދަލު ގެނެވޭ ގޮތަށް ގަވާއިދުގައި ހިމެނުމުން، އެ އަށް އިތުރު ގޮތްތަކެއް ހޯދައިދޭން ސްކޮޑު ބޮޑުކުރުން އެއީ ރަނގަޅު ބަދަލެއްގެ ގޮތުގައި ފީފާގެ ޓެކްނިކަލް ޓީމަށް ފެނުމުންނެވެ.

ވޯލްޑް ކަޕެއްގައި ވާދަކުރަން ގެންނަ ސްކޮޑުގައި 23 ކުޅުންތެރިން ހިމަނަން އެންމެ ފުރަތަަމަ ފުރުސަތު ދިނީ 2002 ގައި ޖަޕާނާއި ދެކުނު ކޮރެއާ އިން ވޯލްޑް ކަޕް ހޯސްޓްކުރިއިރު އެވެ. އެ މުބާރާތުގެ ކުރިން ފީފާގެ މުބާރާތްތަކަށް ރަޖިސްޓްރީ ކުރެވެނީ 23 ކުޅުންތެރިންގެ ސްކޮޑެކެވެ.

ފީފާ އިން ނިންމާފައިވަނީ ވޯލްޑް ކަޕްގައި މެޗެއްގައި ބެންޗުގައި މި ފަހަރު އިނދެވޭނީ އެއް ފަހަރާ 26 މީހުންނަށް ކަމަށެވެ. އެއީ 15 ކުޅުންތެރިންނާއި 11 އޮފިޝަލުންނަށް ކަމަށާއި އޮފިޝަލުން ތެރޭގައި ޓީމު ޑޮކްޓަރެއް އިނުން ލާޒިމްވާނެ ކަމަށް ފީފާ އިން ވަނީ ކަނޑައަޅައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *