އާޖެންޓީނާގެ މަޝްހޫރު ފުޓުބޯޅަ ތަރި ޑިއޭގީ މަރަޑޯނާގެ މަރާއި ގުޅިގެން އޭނާއަށް ފަރުވާދިން ސިއްޙީ އޮފިޝަލުންގެ ޝަރިއަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ.
މަރަޑޯނާއަށް ފަރުވާކުރި ސިއްޙީ އޮފިޝަލުންގެ ޝަރީއަތް ފެށުމަށް ތައްޔާރު ވެފައިވަނީ، އޭނާގެ މަރުގެ ހާދިސާގައި ފަރުވާދިން ފަރާތްތަކުގެ އިހުމާލު އޮތްކަމަށް، އެކަން ބެލުމަށް އެކުލަވާލި މެޑިކަލް ޕެނަލްއަށް ސާބިތު ވުމާއި ގުޅިގެންނެވެ.
މަރަޑޯނާ މަރުވެފައިވަނީ، އުމުރުން 60 އަހަރުގައި، އާޖެންޓީނާގެ ބޮއިނޮސް އައިރިސްގައި، 2020ވަނަ އަހަރުގެ ނޮވެމްބަރުމަހު، ހިތް ހުއްޓިގެންނެވެ.
މަރުވިއިރު މަރަޑޯނާ ގެންދެވީ، ސިކުނޑީގެ ލޭ ގަޑުވާ މައްސަލައާއި ގުޅިގެން އޭރު ކޮށްފައިވާ ސިނކުޑީގެ އޮޕަރޭޝަންއަކަށް ގޭގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި މަރަޑޯނާގެ މަރަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާޖެންޓީނާގެ ޕްރޮސެކިއުޓަރުން ވަނީ މަރަޑޯނާއަށް ފަރުވާދިން ޑޮކްޓަރުންނާއި ނަރުހުންގެ ޚާއްސަ ތަހުގީގެއް ފަށާފައެވެ.
ފާއިތިވެދިޔަ އަހަރު 20 ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ޓީމަކުން ވަނީ، މަރަޑޯނާއަށް ފަރުވާދިން ފަރާތްތަކުން އަމަލު ކޮށްފައިވަނީ "އެކަށީގެންނުވާ ގޮތުގައި، ރުންކުރުކޮށް" ކަމަށް ނިންމާފައެވެ.
މަޝްހޫރު ފުޓުބޯޅަ ތަރި، ޑިއޭގޯ މަރަޑޯނާއަށް ފޯރުކޮށްދީފައިވަނީ އެކަށީގެން ނުވާ ފަރުވާއެއް ކަމަށާއި، އަދި އޭނާ އޮތީ ވާނެގޮތެއް ވާން ދޫކޮށްލެވިފައި ކަމަށާއި، މަރަޑޯނާ މަރުވުމުގެ ކުރިން، އެއްވެސް ފަރުވާއެއް ނުދީ "ކަންބޮޑު ވާފަދަ ދަރަޖައަކަށް، އެތައް އިރެއް ވަންދެން" ދޫކޮށްލެވިފައި އޮތްކަމަށް، މަރަޑޯނާގެ މަރުގެ ހަގީގަތް ހޯދުމަށް އެކުލަވާލެވުނު ޚާއްސަ ޕެންލައިން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައި ވެއެވެ.
މަރަޑޯނާގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރޭގައި މަރަޑޯނާގެ ޕާސަނަލް ޑޮކްޓަރ، ނިއުރޯސާޖަން ލޮއިޕޯލްޑޯ ލުކޫއާއި، ސައިކޭޓްރިސްޓް އަދި ސައިކޮލޮޖިސްޓަކާއި، ދެ ޑޮކްޓަރަކާއި ދެ ނަރުހެއްގެ އިތުރުން އެމީހުންގެ އެންމެ އިސްފަރާތްވެސް ހިމެނެއެވެ.
މި އެންމެންގެ މައްޗަށްވެސް ކުރަނީ މީހަކު މަރުވެދާނެކަން އެގިހުރެ އިހުމާލު ވުމުގެ ދައުވާއެވެ. މި ދައުވާތައް ސާބިތު ވެއްޖެނަމަ މި އެންމެންގެ މައްޗަށްވެސް 8 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި ދައުވާއާއި ގުޅިގެން މަރަޑޯނާގެ ޑޮކްޓަރު ވިދާޅުވެފައިވަނީ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ދެވެން އޮތް ހުރިހާ ފަރުވާއެއް މަރަޑޯނާއަށް ދީފައި ވާނެކަމުގައެވެ.
މަރަޑޯނާގެ ސިކުޑީގެ އޮޕަރޭޝަނެއް ކޮށްފައިވަނީ، އޭނާ އެންމެ ފަހުން ކޯޗް ކޮށްދެމުންއައި ކުލަބް ކަމުގައިވާ ޖިމްނޭސިއާ ވައި އެސްގްރިމާއާއެކު އޭނާ އޭނާގެ 60 ވަނަ އުފަންދުވަސް ފާހަގަ ކުރިތާ 4 ދުވަސް ފަހުންނެވެ.
އެހެންނަމަވެސް، އޮޕަރޭޝަން ކުރިފަހުން މަރަޑޯނާގެ ސިއްޙީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި އެއަށްފަހު އޭނާއަށް ވާހަކަ ދެއްކުމުގައި އުދަގޫތަކެއް ކުރިމަތި ވިއެވެ. މަރަޑޯނާ ވަނީ އޭނާގެ ހަޔާތުގައި، ކޮކެއިންއާއި އަލްކޮހޯލްއަށް ދެވިހިފުމާއި ހަގުރާމަ ކޮށްފައެވެ. މަރުވިއިރު މަރަޑޯނާ އަށްވަނީ، ފުއްޕާ މެއާއި، ކިޑްނީ އަދި ކާޑިއޯ ވަސްކިއުލާ ޑިސްއޯޑަރގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ.
މަރަޑޯނާގެ މަރަށްފަހު، އޭނާގެ ދެ އަންހެން ދަރިންވަނީ، އޭނާގެ ސިއްޙީ ހާލަތު ގޯސްވުމުގެ ޒިންމާ، އޭނާއަށް ފަރުވާދެމުން އައި ޑޮކްޓަރު ލުކުއޭގެ ބޮލުގައި އަޅުވާފައެވެ. އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރި ޕެނަލްއިން ނިންމާފައިވަނީ، "އެކަށީވާ ތަނެއްގައި، އެކަށީގެންވާ ފަރުވާ ދެވުނުނަމަ، މަރަޑޯނާ ދުނިޔޭގައި އޮތުމުގެ ފުރުސަތު ބޮޑުކަމުގައި" ނިންމާފައެވެ.
މަރަޑޯނާ މަރުވެފައިވަނީ، އޭނާ ގޭގައި ބާއްވާއިގެން ފަރުވާ ދިނުމަށްޓަކާ، އާޖްނެޓީނާގެ ވެރިރަށް ބޮއިނަސް އޭރިސްގެ އަވަށެއްފައި، ކުއްޔަން ހިފާފައިވާ ހުރި އެޕާޓުމަންޓުގައެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، މަރަޑޯނާގެ ސިކުޑީގެ ހާލަތު ހުރީ އަމިއްލައަށް ގޮތް ނިންމޭފަދަ ހާލަތެއްގައި ނޫންކަމަށާއި، އެހެންކަމުން، އޭނާއަށް ފަރުވާ ދޭންވީ ކޮންތަނެއްގައިކަން ނިންމުމުގެ ފުރުސަތު އޭނާއަށް ދީ، އެ ހާލަތުގައި މަރަޑޯނާގެ ވިސްވުމަށް އެކަނި ބަރޯސާވެވިގެން ނުވާނެ ކަމުގައެވެ. ތަހުގީގު ޓީމުން ބުނެފައިވާ ގޮތުގައި، މަރަޑޯނާއަށް ދީފައިވާ ފަރުވާއަކީ، އެކަށިގެންވާ ވަރަށްވުރެ ދަށް ފެންވަރުގެ އަދި އެއްވެސް ތަރުތީބެއް ނެތި ދީފައިވާ ފަރުވާއެއް ކަމުގައެވެ. އަދި އޭނާގެ މެޑިކަލް ޓީމުން، މަރަޑޯނާގެ ދިރިއޮތުން އޭގެ ޒާތުގައި މަރަޑޯނާގެ އަމިއްލަ ހާލަތުގެ މައްޗަށް ދޫކޮށްލާފައިވާކަމަށް ވެސް މި ރިޕޯޓުގައި މެޑިކަލް ޓީމުން ބަޔާން ކޮށްފައި ވެއެވެ.
1986 ވަނަ އަހަރުގެ ވޯލްޑްކަޕް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިންފަހުން، އެގައުމުގައި މަރަޑޯއަކީ ބަތަލެއްކަމުގައި ގިނަބަޔަކު ދެކެއެވެ. އަދި މަރަޑޯނާއަށް އެންމެ ފަހުގެ އަލްވަދާއު ކިއުމަށް އޭނާގެ ޖަނާާޒާއަށް އާޖެންޓީނާގެ އެތައްހާސް ބަޔަކު އެއްވެފައި ވެއެވެ.