ބާ އިމްތިހާން ފަސްކޮށްދެވެން ނެތްކަމަށް ނިންމައިފި

ބާ އިމްތިހާން ފަސްކޮށްދެވެން ނެތްކަމަށް ނިންމައިފި

ޤާނޫނީ ވަކީލުކަމުގެ ލައިސަންސް ފުރިހަމަކުރުމަށް ބޭނުންވާ ބާ އިމްތިހާން ފަސްކޮށްދެވެން ނެތްކަމަށް ބާ ކައުންސިލްގެ އެކްސްކޯއިން ނިންމައިފިއެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ އިމްތިހާނާ ގުޅިގެން ބައެއް ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެކްސްކޯއިން މަޝްވަރާ ކޮށްފައިވާކަމަށެވެ. ގާނޫނީ ވަކީލުންގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދުގައި އިމްތިހާނު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީހުގެ 90 ދުވަސް ކުރިން އެ ތާރީހު އިއުލާން ކުރަން ބަޔާންކޮށްފައި އޮންނަކަން ފާހަގަކޮށް، އެގޮތުގެ މަތިން މާޗު މަހު ވަނީ ޖޫން 25 ގައި އިމްތިހާން އޮންނާނެކަން އެ ކައުންސިލުން އިއުލާންކޮށްފައިވެއެވެ.

ބާ ކައުންސިލުން ބުނީ، މިމަހުގެ 25ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިހާނުގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް މެދުވެރިވެފައި ނެތް ކަމަށް ކަނޑައަޅަފައިވާކަމަށެވެ.  ބާ ކައުންސިލުން ބުނީ އިމްތިހާނު ކުރެވޭނެ ގޮތް އެ ކައުންސިލުން ގެންދިޔައީ ދުރާލާ އަންގަމުން ކަމަށާއި، އެހެންވުމާ އެކުވެސް އިމްތިހާނު ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މިގޮތުން، 2020 ވަނަ އަހަރުން ފެށިގެން އެ ކައުންސިލުން ބާއްވަން މަސައްކަތް ކުރަމުންދާ އިމްތިހާނެއް ކަން ވެސް ބާ ކައުންސިލުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެންމެ ފުރަތަމަ އޭޕްރީލް 23، 2020 ގައި އިމްތިހާނު ކުރެވޭ ދާއިރާތައް ބާ ކައުންސިލުން ގެޒެޓް ކުރިކަމާއި، 2022 ވަނަ އަހަރުގެ މެދުތެރެއަށް އިމްތިހާން ފަސްކުރެވިފައިވާ ކަން ސެޕްޓެމްބަރު 2021 ގައި އިއުލާންކޮށް ދެވަނަ ފަހަރަށް ވެސް އިމްތިހާނު ކުރެވޭ ދާއިރާތައް ގެޒެޓްކުރިކަން ބާ ކައުންސިލުން ބުނެފައިވެއެވެ.

ބާ އިމްތިހާނުގެ ތަފްސީލީ ސިލަބަސް ވެސް މި އަހަރުގެ ޖެނުއަރީ މަހު 600 އަށް ވުރެ ގިނަ ދަރިވަރުންނާއި ގާނޫނީ ފަންނަށް ވަނުމުގެ ޝައުގުވެރިކަން ހުރި ފަރާތްތައް ހިމެނޭ ޕްލެޓްފޯމެއްގައި ހިއްސާކޮށްފައިވާ ކަން ވެސް ބާ ކައުންސިލުން ފާހަގަކޮށްފައިވެއެވެ. ބާ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކަށް އޮތީ މިހާރު ކަނޑައަޅާފައިވާ ފީ އަގުު ބޮޑުވުމެވެ. އެއީ 10،000 ރުފިޔާއެވެ.

ންބޮޑުވުންތައް ދަރިވަރުންގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ. ކޮމިޓީން ވެސް ވަނީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އިމްތިހާނު ފަސްކޮށްދޭން ބާ ކައުންސިލްގައި އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *