އަނުޝްކާ އުޅެނީ ރާއްޖެ މަތިން ހަދާން ނައްތާ ނުލެވިގެން

އަނުޝްކާ އުޅެނީ ރާއްޖެ މަތިން ހަދާން ނައްތާ ނުލެވިގެން

Author
ފާތިމަތު ނާވީ
20 ޖޫން 2022 05:20
0

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބޮލިވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރުމާ ވަނީ އާއިލާ އާއި އެކުގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ފިރިމީހާ ވިރާޓް ކޯލީ އާއި ދަރިފުޅު ވަމިކާ އާއެކު ރާއްޖޭގައި އަނުޝްކާ ހޭދަކުރި ޗުއްޓީގެ ވީޑީއޯ ކޮޅެއް އޭނާ ވަނީ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިއެވެ.

މި ވީޑީއޯ ކޮޅުގައި އޭނާ ފެނިގެންދަނީ ވަމިކާ ގޮވައިގެން ބައިސްކަލް ދުއްވަނި ކޮންނެވެ. އެކި ދުވަސް ތަކުގައި ދަރިފުޅާއެކު ބައިސްކަލް ދުއްވަނިކޮށް ނަގާފައިވާ އެ ވީޑީއޯ ކޮޅު ޕޯސްޓް ކުރަމުން ބުނެފައިވަނީ ރާއްޖެ މަތިން ހަދާން ވަނީކަމަށެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

އަނަންދު އެލް ރާއީގެ "ޒީރޯ" އިން އެންމެ ފަހުން ފެނުނު އަނުޝްކާގެ ކުރިއަށް އޮތް ފިލްމަކީ "ޗަކްދާ އެކްސްޕްރެސް" އެވެ. އެ ފިލްމް ގެނެސް ދޭން ހަމަ ޖެހިފައިވަނީ ނެޓްފްލިކްސް އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.