އަނބިމީހާ އިސްތިއުފާ ދިނީމާ، ފިރިމީހާއަށް މަގާމެއްދޭ އުސޫލު ބަލައެއް ނުގަނެވޭ: ޑރ.އިޔާޒު

އަނބިމީހާ އިސްތިއުފާ ދިނީމާ، ފިރިމީހާއަށް މަގާމެއްދޭ އުސޫލު ބަލައެއް ނުގަނެވޭ: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
16 ޖޫން 2022 12:20
0

އަނބިމީހާ އަދާކުރައްވަމުންދާ މަޤާމުން އިސްތިއުފާ ދެއްވުމުން ފިރިމީހާއަށް އެފަދަ މަޤާމެއް ހަމަޖައްސާ އުސޫލަކީ ބަލައިގަނެވޭނެ އުސޫލެއް ނޫންކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ކަނޑައެޅުއްވި ވިސާމް ޢަލީ އެމަޤާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ މަޤާމަށް ވިސާމްގެ ފިރިކަުން ހ.ރުވާމާގޭ އަހުމަދު ތަސްމީން އަލީ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއި ގުޅިގެން ޑރ.ޝަހީމް ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.

ޑރ.ޝަހީމް ވިދާޅުވެފައިވަނީ ކޮންމެވެސް ބަޔަކު ރިޓަޔަރވެ ޒުވާން ޖީލަށް މަގު ހުޅުވާލަން ޖެހޭކަމަށެވެ. ޝަހީމްގެ މިވާހަތަކައި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ ޝަހީމްގެ މި ޚިޔާލަކީ ވަރަށް ރަނގަޅު ޚިޔާލު ފުޅެއްކަމަށެވެ. އަދި ސަރުކާރަށް ބަދަލު އަރާ މީހުން މަދުކޮށް، އަނބިކަނބަލުން އިސްތިއުފާ ދެއްވުމުން ފިރިކަލުންނަށް އެފަދަ މަޤާމުތައް ހަމަ ޖައްސަވަމުންދާ އުސޫލަކީ ބަލައި ގަނެވޭނެ އުސޫލެއް ނޫންކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

ވަރަށް ރަގަޅު ޚިޔާލެއް ޑރ.ޝަހީމް. ސަރުކާރަށް ބަލަދުއަރާ މީހުން މަދުކުރަންޖެހޭ. އަނބިމީހާ އިސްތިއުފާ ދިނީމާ ފިރިމީހާ އަށް އެފަދަ މަގާމެއް ހަމަޖައްސައި ދޭންޖެހޭ އުޞޫލު ބަލައެއް ނުގަނެވޭ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ، ތަސްމީން އަލީއަކީ ޑީއާރުޕީގެ ލީޑަރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ސިންގަޕޫރުގެ ސަފީރުކަމުގެ މަޤާމަށް ތަސްމީން އައްޔަން ކުރައްވަނީ އެމަޤާމުގައި މިހާރު ފުރުއްވަމުންދާ ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބްގެ ބަދަލުގައެވެ.

ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުން މިއަހަރުގެ އޭޕްރީލް މަހު ވިސާމް އަލީވަނީ އިސްތިއުފާ ދެއްވާފައެވެ. މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހެންވޭރު އާޒާދެވާދީ ވިސާމް ޢަލީ ޢައްޔަން ކުރައްވާފައިވަނީ 26 މާރިޗު 2019 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ ބިން ޔޫސުފް
ތިކަމަށް ވުރެން މީހުންނަށް ބޮޑެތި އަދަދުތަކުން ދަރާ އޮއްވާ މިފަދަ މަގާމުތައް ދިނުން މާ ހުތުރެވެ.
އ އަދުރޭ
ތިމާބުނާހާގޮތަކައް ސަރުކާރު ހިންގާކައްނުޖެހޭނެ އެދުވަހެއް އަންނަންދެން މަޑުކޮއްލާ ތީދެން ކާކު