ފުލުހުންގެ ބެލުމުގެ ދަށުގައޮތް ދެ މުސަޅުގެ ވެރިފަރާތް ހޯދަނީ!

ފުލުހުންގެ ބެލުމުގެ ދަށުގައޮތް ދެ މުސަޅުގެ ވެރިފަރާތް ހޯދަނީ!

Author
މުޙައްމަދު ޝަޒައިމް
13 ޖޫން 2022 01:18
0

މަގުމަތިން ނަގައިގެން ފުލުހުންނާ ހަވާލުކުރި ދެ މުސަޅުގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ، މިދިޔަ ހުކުރު ދުވަހު ބާ ޖަމާލުއްދީން ކައިރިން ފެނިގެން އާންމުންގެ މީހަކު ފުލުހުންނާ ހަވާލުކޮށްފައިވާ ދެ މުސަޅު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ. އަދި އެ ދެ މުސަޅުގެ ވެރިފަރާތުން ގަލޮޅު ޕޮލިހަށް ހާޒިރުވެ މުސަޅުތަކާ ހަވާޅުވާން ވަނީ އެދިފައެވެ.

ފުލުހުންގެ ޓްވީޓާގައި އެ ދެ މުސަޅުގެ ފޮޓޯ ވެސް ވަނީ އާންމު ކޮށްފަ އެވެ. އަދި އިތުރު މައުލޫމާތު ހޯދަން 963196 އަށް ގުޅުމަށް ފުލުހުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތިމަރަ
ކުރީދުވަހަކުތިފާޑުގެމުސަޅެއް މާރިއާ ގެންގުޅުނު