އައިޖީއެމް ހޮސްޕިޓަލުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޚިތާނީ ކޭމްޕުގެ ތެރެއިން މިއަހަރުގެ ކޭމްޕުގައި ނަންނޯޓް ކުރުމަށް ބުދަ ދުވަހު ހުޅުވާލާނެކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ސްކޫލް ބައްދާދިމާކޮށް ޚީތާނުކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޚިތާނުކުރުމަށް ނަންނޯޓްކުރަން ހަމަޖެހިފައިވަނީ ބޮޑު ބަންދާ ދިމާކޮށެވެ. އެގޮތުން މިމަހުގެ 15 އިން 26 އަށް ނަން ނޯޓް ކުރެވޭނެކަމަށް ހުޅުވާލާނެކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި މިއަހަރު ޚިތާނުކުރުމަށް ހަމަޖެހިފައިވަނީ 300 ކުދިންނެވެ. އެ އަދަދު ހަމަވުމުން ނަން ނޯޓްކުރުން ހުއްޓާލާނެކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
ނަން ނޯޓްކުރުން ކުރިއަށްދާނީ އޯޕީޑީ ބަންދުނޫން ކޮންމެ ދުވަހަކު، ހެނދުނު 9:00ން ހަވީރު 4:00ށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާގައިވާ ސަރޖަރީ ކައުންޓަރުންނެވެ. ޚިތާނުކުރުން ކުރިއަށްދާނީ 2 ޖުލައިން ފެށިގެން 31 ޖުލައިގެ ނިޔަލަށެެވެ. އެޕޮއިންޓްމަންޓް ހަމަޖެހޭނީ ނަން ނޯޓްކުރާ ތަރުތީބުން ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ހެނދުނު 8:00ން ހަވީރު 4:00އާ ދެމެދު އައިޖީއެމްއެޗްގެ ސަރޖަރީ ކައުންޓަރުގެ ނަންބަރު 3335300ށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.