އީދު ދުވަހު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ 4 މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.
ޢީދު ދުވަހު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން އިއުލާނުކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ. ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ސ.މަރަދޫ / ކޮރަލް، އަޙްމަދު ސާތިޢު (21އ) ހައްޔަރުކޮށްފައެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދާ ތިން މީހުންނަކީ:
ކ.މާލެ / ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)
ގއ.މާމެންދޫ / ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)
ސ.ހުޅުދޫ / ނާދީ، މުނާދު ޖަޢުފަރު (20އ)
މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ) އާއި ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ) ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ) ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.
މިމީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުންވެސް ތަހުގީގު އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތަރު ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައިކަމަށް ފުލުހުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ