އާރަށުގެ މައްސަލާގައި ޔާމީންގެ ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ ހައިކޯޓަށް

އާރަށުގެ މައްސަލާގައި ޔާމީންގެ ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ ހައިކޯޓަށް

Author
މުޙައްމަދު ޝަޒައިމް
10 ޖޫން 2022 10:27
0

ވ.އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ޝަރީއަތުގައި އެމަނިކުފާނުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ބޭރުކޮށްލުމުން އެކަން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސާލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އުފުލާފައިވެއެވެ. އަދި ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ ކޮށްފައެވެ.

މި މައްސަލައިގެ ޝަރީއަތުގައި ޔާމީން ހުށަހެޅި ހުށަހެޅުންތަކުގެ އިތުރަށް ޔޫސުފް ނައީމްގެ ހުށަހެޅުންތައް ބޭރުކޮށްލަން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ނިންމެވީ، ގާޒީ ދިން މުއްދަތުގެ ފަހުން އެ ހުށަހެޅުންތައް ހުށަހެޅުމުންނެވެ.

މިމައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ދެފަރާތަށްވެސް ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދެއްވާފައެވެ. ހުށަހެޅުންތައް ދައުލަތުންނާއި، ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް ހުށަހެޅުމަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ޝަރީއަތުން ދިން މުއްދަތު މިދިޔަ މަހުގެ 27 ވަނަ ދުވަށް ހަމަވެފައިވާއިރު، ދެފަރާތުންވެސް ހުށަހެޅުން ހުށަހަޅާފައިވަނީ މިމަހުގެ ކުރީކޮޅެވެ.

މިމައްސަލާގައި ދައުލަތުންވެސް އަދި ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް ދުވަސްތައް ބަލާފައިވަނީ ބަންދު ދުވަސްތައް ނުހިމަނައެވެ. ނަމަވެސް ޤާސީ ވިދާޅުވީ މުއްދަތު ހިނގާނީ ބަންދު ދުވަސްތައްވެސް ހިމަނައިގެން 15 ދުވަސް ކަމަށެވެ. އެމުއްދަތަށް ބަލާނަމަ މިދިޔަ މަހުގެ 27 ވަނަ ދުވަހަށް މުއްދަތު ހަމަވެފައިވާކަމަށް ޤާސީ ވިދާޅުވިއެވެ.

މިމައްސަލާގައި ޤާސީ ނިންމެވީ ހުށަހެޅުންތައް މުއްދަތުގައި ހުށަނޭޅުމުން މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންގޮސް ޝަރީއަތް ފެށުމަށެވެ. ގާޒީ ނިންމެވީ އަންނަ މަހުގެ ދެވަނަ ދުވަހު އަޑުއެހުންތައް ފެށުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.