ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުމުގެ މާތްކަން!

ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުމުގެ މާތްކަން!

ކަހަފް ސޫރަތް ހުކުރު ދުވަހު ކިޔެވުން އެއީ އޮންނަ ކަމެއްތޯ؟ އަދި ޔާސީން ސޫރަތާއި މުލްކު ސޫރަތް ކޮންމެ ރެޔަކު ކިޔެވުން އެއީ އޮންނަކަމެއްތޯ؟ އަދި އެހެން ސޫރަތްތަކެއް މިގޮތަށް ވަކި ވަގުތެއްގައި ކިޔެވުން އޮވޭތޯ؟ އޮންނަ ނަމަ އެއީ ކޮން ސޫރަތްތަކެއްތޯ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުމާއި ބެހޭ ގޮތުން ވަރަށް ގިނަ ޙަދީޘް ތައް ވާރިދުވެފައިވެއެވެ. އޭގެ ތެރެއިން ގިނަ ޙަދީޘް ތަކަކީ ޟަޢީފް ޙާދިޘްތަކެއް ނަމަވެސް ހުރިހާ ޙަދީޘެއް އެއްކޮށްލުމުން ޙަސަންގެ ދަރަޖަ ލިބެއެވެ. ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުމާއި ބެހޭ ގޮތުން އައިސްފައިވާ ބައެއް ޙަދީޘް ތައް ތިރީގައި މިވަނީ އެވެ.

  • عن أبي سعيد الخدري قال : " من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق " . رواه الدارمي ( 3407 ) . والحديث : صححه الشيخ الألباني في " صحيح الجامع " ( 6471 ) .މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެންވެއެވެ. "ހުކުރު ވިލޭރޭ ކަހަފް ސޫރަތް ކިޔަވައިފިމީހާ އާއި ބައިތުލް ޢަތީގް އާއި ދެމެދުގައި އަލިކަމެއް ވެއެވެ".
  • " من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين " .މާނައަކީ: "ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔަވައިފި މިހަކަށް އަނެއް ހުކުރާއި ދެމެދުގައި އަލިކަމެއްވެއެވެ".
  • وعن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : " من قرأ سورة الكهف في يوم الجمعة سطع له نور من تحت قدمه إلى عنان السماء يضيء له يوم القيامة ، وغفر له ما بين   الجمعتين ".މާތް ﷲ ރުއްސުން ލެއްވި އިބްނު ޢުމަރު ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- ހަދީޘް ކުރެއްވިއެވެ. "ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔަވައިފި މީހެއްގެ ފައިތިލަ ދަށުން ފެށިގެން އުޑުގެ އެންމެ މައްޗާއި ހަމަ އަށް އަލިކަމެއް ވެއެވެ. އަދި ދެހުކުރު ދެމެދުގައި ކުރެވޭ ހުރިހާ ފާފަ ތަކެއް ފުއްސަވައެވެ".

މުލްކު ސޫރަތް ކިޔެވުމާއި ބެހޭ ގޮތުން:

އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِنَّسُوْرَةًمِّنَالقُرْآنِثَلَاثُوْنَآيَةًشَفَعَتْلِرَجُلٍحَتَّىغُفِرَلَهُوَهِيَسُوْرَةُتَبَارَكَالَّذِيْبِيَدِهِالْمُلْكُ ) މާނައަކީ: "ހަމަކަށަވަރުން ގުރްއާނުގެ ސޫރަތެކެވެ. އެސޫރަތުގައިވަނީ ތިރީސް އާޔަތެވެ. އެއާޔަތްތައް މީހާގެ ފާފަ ފުއްސެވުމަށް ދާންދެން އެމީހަކަށް ޝަފާޢަތްތެރިވެދެއެވެ. އެއީ ތަބާރަކަ ސޫރަތެވެ".

މަގްޞަދަކީ: ކޮންމެ ރެއަކު މިސޫރަތް ކިޔެވުމެވެ. އަދި އެސޫރަތުގައިވާ ޙުކުމް ތަކަށް ފުރިހަމަ އަށް ކިޔަމަންތެރި ވުމެވެ. އަދި އެސޫރަތުގައި އައިސްފައިވާ ވާހަކަ ތަކަށް ފުރިހަމަ އަށް އީމާންވެ ތެދުކުރުމެވެ".

عَنْعَبْدُاللهِبِنْمَسْعُوْدٍقَالَ : مَنْقَرَأَتَبَارَكَالَّذِيْبِيَدِهِالْمُلْكُكُلَّلَيْلَةٍمَنَعَهُاللهُبِهَامِنْعَذَابِالْقَبْرِ ، وَكُنَّافِيْعَهْدِرَسُوْلِاللهِصَلَّىاللهُعَلَيْهِوَسَلَّمَنُسَمِّيْهَااَلْمَانِعَةِ ، وَإِنَّهَافِيْكِتَابِاللهِسُوْرَةٌمَنْقَرَأَبِهَافِيْكُلِّلَيْلَةٍفَقَدْأَكْثَرَوَأَطَابَ، މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވިއެވެ. "ކޮންމެ ރެއަކު ތަބާރަކަ ސޫރަތް ކިޔަވައިފިމީހަކު ކަށްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވާނެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައި އަހަރުމެން އެސޫރަތަށް ކިޔާ އުޅުނީ "އަލްމާނިޢާ" (މަނާކުރާ) އެވެ. އެއީ ﷲ ގެ ފޮތުގައިވާ ސޫރަތެކެވެ. ކޮންމެ ރެއަކު އެސޫރަތް ކިޔަވައިފި މީހަކު ވަރަށް ގިނަ ހެޔޮކަންތައް ކޮށްފިއެވެ. އަދި އޭނާ ކާމިޔާބު ހޯދައިފިއެވެ".

އެހެންކަމުން ކޮންމެ ރެއަކު އެއްފަހަރު މިސޫރަތް ކިޔެވުމަށް ޢާދަ ކުރައްވާށެވެ. އަދި މިސޫރަތުގެ މާނަ ދަސްކުރައްވާ އޭގައިވާ ޙުކުމްތައް ރަގަޅަށް ދަސްކުރައްވާ ހައްދަވާށެވެ. ﷲ ގެ ރަޙްމަތުން ކަށްވަޅުގެ ޢަޛާބުން ސަލާމަތްވާނެއެވެ. އާމީން.

والله أعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *