އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ލީކުވެފައިވާ ޓިކްޓޮކްތަރި މަރިޔަމް ޝިފާގެ ވީޑިއޯގެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ޝިފާ އާއި އެހެން އަންހެނަކު ބަރަހަނާ ހާލުގައި ތިބެ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެެންނަ ވީޑިއޯ އެއް މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، މި ވީޑިއޯގެ މައްސަލަ އާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ މައްސަލަ ބެލުމަށާއި، ޝިފާއަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ.
މިމައްސަލާގައި ފުލުހުން ބުނެފައިވަނީ މި ވީޑިއޯއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުންދާކަމަށެވެ. ނަމަވެސް މިމައްސަލާގައި އަދި މިހާތަނަށް ސިފާ ފުލުހަށް ހާޒިރު ކަމެއްވެސް އަދި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުގީގް ކުރިއަށް ގެންދާ ގޮތުގެ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ.
މިކަމާއި ގުޅިގެން ޝިފާ ބުނެފައި ވަނީ އެ ވީޑިއޯއަކީ ހަގީގަތެއް ނެތް "ފޭކު" ވީޑިއޯއެއް ކަމަށާއި، މިއީ އޭނާގެ ސިޔާސީ ފިކުރު ބަދަލުވުމާއި ގުޅިގެން ބަޔަކު އޭނާއާ "ޒާތީވެގެން" ކޮށްފައިވާ ކަމެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރު ވަނީ ޑީޕް ފޭކް އެޑިޓް ވީޑިއޯއެއް! އަޅުގަނޑުގެ އަގުވައްޓާލަން ދުރާލާ ރާވައިގެން ކުރާކަމެއް! އަޅުގަނޑުގެ ސިޔާސީ ފިކުރު ބަދަލު ވެފައި ވާތީ ޒާތީވެގެން އަޅުގަނޑުގެ އަގުވައްޓާލަން ކުރިކަމެއް! އަދި ނޫސް ތަކުގައިވެސް ފެތުރީ ފޭކް ނިއުސް، އަންހެނަކަށް ވީތީ އަޅުގަނޑާއި މެދު މިގޮތަށް މިކަންތައް ކުރަނީ!
– ޝިފާގެ ފޭސްބުކު އެކައުންޓުގައި ބުނެފައިވެއެވެ.
މީޑިއާގައި އެ ވީޑިއޯ ވައިރަލް ވެފައިވާއިރު, މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ.
ކޮމެންޓު ފޮނުވާ