ޝަހީރު ޝެއިހްގެ ދަރިފުޅުގެ މޫނު ފުރަތަމަ ފަހަރަށް ދައްކާލައިފި

ޝަހީރު ޝެއިހްގެ ދަރިފުޅުގެ މޫނު ފުރަތަމަ ފަހަރަށް ދައްކާލައިފި

Author
ފާތިމަތު ނާވީ
07 ޖޫން 2022 05:40
0

މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދަރިއަކު ލިބުނު މަޝްހޫރު ޓީވީ ތަރި ޝާހީރު ޝެއިހް އިންސްޓަގްރާމްގައި ދަރިފުޅުގެ މޫނު ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

ދަރިފުޅުގެ މޫނު ފެންނަ ގޮތަށް ނަގާފައިވާ ވީޑިއޯކޮޅެއް އޭނާ ވަނީ ހިއްސާ ކޮށްފައެވެ. މީ ޝަހީރުގެ ދަރިފުޅު އަނާޔާގެ މޫނު ފެންނަ ގޮތަށް ސޯޝަލް މީޑީއާގައި އާންމު ކުރި ފުރަތަމަ ފަހަރެވެ.

 

View this post on Instagram

 

A post shared by Shaheer Sheikh (@shaheernsheikh)

ޝަހީރާއި ރުޗިކާ ކަޕޫރު ކައިވެނި ކުރީ 2020ގެ ކޯވިޑްގެ ތެރޭގައެވެ. މި ކުއްލި ކައިވެނިން އޭނާގެ ފޭނުންނަށް ސިހުމެއް ވެސް ގެނުވިއެވެ.

ޝަހީރު އެންމެ ބޮޑަށް މަޝްހޫރު ވެގެން ދިޔަ ޑްރާމާ އަކީ "ކުޗް ރަންގް ޕިޔާރްކީ އެސޭބީ" އެވެ. މިހާރު އޭގެ ދެވަނަ ބައެއް ވެސް އަންނަނީ ދައްކަމުންނެވެ. އޭނާ މިހާރު އަންނަނީ "ވޯ ތޯހޭ އަލްބޭލާ" ކިޔާ ޑްރާމާއެއްގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.