މަރުހުކުމް ތަންފީޒު ކުރުމުގެ މައްސަލާގައި ޝަހީމްގެ ރައްދު އިމްރާނަށް!

މަރުހުކުމް ތަންފީޒު ކުރުމުގެ މައްސަލާގައި ޝަހީމްގެ ރައްދު އިމްރާނަށް!

Author
މުޙައްމަދު ޝަޒައިމް
06 ޖޫން 2022 11:37
0

މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ނިމިދިޔަ ރައީސް ޔާމީންގެ ސަރުކަރުން އަމަލުކޮށްފައިވާ ގޮތާއި ގުޅޭގޮތުން މިނިސްޓަރ އިމްރާން ދެއްކެވި ވާހަތަކަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފިއެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތު ސާފު ކުރުމަށް، ހޯމް މިނިސްޓަރ އިމްރާނާއި މިއަދުގެ މަޖިލީހުގައި ސުވާލު ކުރައްވާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގުއެވެ. މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އިމްރާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގައި މިސަރުކާރުން ޢަމަލު ކުރާނީ ފާއިތުވެދިޔަ ބައި ގަރުނުގެ ތެރޭގައިވެސް ނިމިދިޔަ ސަރުކާރުތަކުން ޢަމަލު ކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުމަށް ކަމަށެވެ. ނިމިދިޔަ ސަރުކާރުތަކުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް އެކި މަރުހަލާ ތަކުގައި އެކި ގޮތަށް ވާހަކަ ދެއްކި ނަމަވެސް އެކަމަށް ޢަމަލު ކޮށްފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މީގެ ކުރިން އެކި ސަރުކާރުތަކުން ސިޔާސީ ބޭނުމުގައި މަރުގެ ހުކުމާ ގުޅުވައިގެން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދެއްކި ނަމަވެސް އެ ސިޔާސަތަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވެސް މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތީ މޮރިޓޯރިއަމް ދަމަހައްޓާފައި ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ ވާހަތަކާއި ގުޅިގެން ޑރ.ޝަހީމް ވިދާޅުވީ ކުރީ ސަރުކާރު ވައްޓާލުމަށް ބޭރުގެ ބާރުތަކުން އެންމެ ބޮޑަށް ބޭނުންވި އެއްސަބަބަކީވެސް ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރަން އުޅުންކަމަށެވެ. ރައީސް ޔާމީންގެ ސަރުކަރުން ވަނީ ވެރިކަން މިނިގެން ދިޔައިރު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އެންމެހާ ތައްޔަރީތަކާއި ޤަވާއިރުތައް ހަދާ ނިމިފައިކަމަށް ޝަހީމް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރު ނިންމުން އިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އެންމެހާ ތައްޔަރީތަކާއި ޤަވާއިރުތައް ހަދާ ނިމިފައިހުރީ. އޭގެ އެންމެހާ އުސޫލެއް ކެބިނެޓުން ފާސްވެސް ކުރި. ސަރުކާރު ވައްޓާލަން ބޭރުގެ ބާރުތަކުން ބޭނުންވި އެއްސަބަބު އެއީ.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މިކަމުގައި ކަންކަން ހިނގަދިޔަ ގޮތް އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް ވަރަށް ބޮޑަށް ސާފުވެ ވަޑައިގަންނަވާނެކަމަށެވެ. އޭރުގެ ވަޒީރުންގެ މަޖިލީހުން މަރުގެ ހުކުމް ތަންފީޒު ތަންފީޒު ކުރުމާއި ބެހޭ އުސޫލުތައް ނިންމައި، ހުކުމް ތަންފީޒު ކުރުމުގައި އިސްލާމީ ޝަރީއާގައި އޮތް ގޮތް ސާފު ކުރައްވަން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިސްލާމީ އިލްމުވެރިން ގެންދަވައިގެން މައުލޫމާތުވެސް ހޯއްދެވިކަމަށް ޝަހީމް ވިދާޅުވިއެވެ.

މަރުގެ ހުކުމް ތަންފީޒު ތަންފީޒު ކުރުމާއި ބެހޭ އުސޫލުތައް ކެބިނެޓުން ނިންމިއިރު، އެކަމާއި ބެހޭ ގޮތުން އިސްލާމީ ޝަރީއާގައި އޮތް ގޮތް ސާފު ކުރައްވަން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިސްލާމީ އިލްމުވެރިން ގެންދަވައިގެން މައުލޫމާތުވެސް ހޯއްދެވި.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭބެ
އޭރުގެރައީސް ވައްކަން ތަށްކުރީވެސް އިލްމުވެރިން ގެލަފާގެމަތިން ދެއްތޯ؟