މަރުގެ ހުކުމް ތަންފީޒުކުރުމުގައި ސަރުކާރުގެ ސިޔާތު ސާފުކުރުން މާދަމާ

މަރުގެ ހުކުމް ތަންފީޒުކުރުމުގައި ސަރުކާރުގެ ސިޔާތު ސާފުކުރުން މާދަމާ

Author
މުޙައްމަދު ޝަޒައިމް
05 ޖޫން 2022 05:31
0

މަރުގެ ހުކުމް ތަންފީޒު ކުރުމުގައި މިސަރުކާރުގެ ސިޔާސަތު ސަފު ކުރުމަށް، ހޯމް މިނިސްޓަރ އިމްރާނާއި ސުވާލުކުރުން މާދަމާގެ ޖަލްސާއަސް އެޖެންޑާ ކޮށްފިއެވެ.

މިނިސްޓަރު އިމްރާނާއި، ސުވާލުކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުއެވެ. މެންބަރު ކުރައްވާ ސުވާލަކީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖްރާތްތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯއެވެ. އަދި އެފަދަ ފަރާތްތަކުގެ ހުކުމް މި ސަރުކާރުން ތަންފީޒުކުރާނެތޯއެވެ.

މި މައްސަލަ އެޖެންޑާ ކޮށްފައި މިވަނީ ނިމިގެންދިޔަ ރޯދަ މަހުގެ ފަހު ދިހައިގެ ތެރޭގައި އެ މައްސަލަ އެޖެންޑާކޮށް ދޭން ތޯރިގް އެދިވަޑައިގެންފައި ވަނިކޮށެވެ. މަރުގެ ހުކުމް ސަރުކާރުން ތަންފީޒުކުރާނެކަމަށާއި އެހެންނަމަވެސް އެކަން ކުރާނީ ޝަރުއީ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބުމުންކަމަށް ފޮރިން މިނިސްޓްރީން ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބުނެފައެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.

ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު ވެފައިވާއިރު އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1954 ގައެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަން ސަރުކާރުން ހާމަކޮށްފައިވާއިރު ނިހާއީ ހުކުމަކުން މަރަށް މަރު ހިފަންޖެހޭނެކަމަށް ބައެއް މީހުންގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ހުކުމްކޮށްފައިވެއެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެކި ފޯރަމްތަކުގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަމަށް ބުނަމުންދިޔަ ނަމަވެސް ވެރިކަމުގެ ފަސްއަހަރު ނިމިގެންދިޔައިރުވެސް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
ޢަދާލަތުނވެސް އިނޑިޔާގެ.ޔަހޫދީން ކީރިތި.ރަސޫލާއަެް.މަލާމާތް.ކުރީމަ އޯކޭތަ ިމުރާނުވަޒޭފަގެއްލިދާނެތީ