އިޓަލީ އަތުން ބަލިނުވެ ޖަރުމަން ސަލާމަތް ވެއްޖެ

އިޓަލީ އަތުން ބަލިނުވެ ޖަރުމަން ސަލާމަތް ވެއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނުން އިޓަލީ މޮޅުވިޔަނުދީ 1-1 ގެ ނަތީޖާއަކުން ހިފަހައްޓައިފިއެވެ.

އިޓަލީ އިން ލީޑު ނެގީ 70 ވަނަ މިނިޓުގައި އޭއެސް ރޯމާގެ ކެޕްޓަން ލޮރެންޒޯ ޕެލެގްރިނީ ޖެހި ލަނޑުންނެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި އުމުރުން 18 އަހަރުގެ ފޯވާޑް ވިލްފްރެޑް ގްނޮންޓޯއެވެ. މިއީ ސްވިޒަލެންޑުގެ ޒިއުރިޗަށް ކުޅޭ ފޯވާޑް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

ޖަރުމަނުން އެއްވަރު ކުރީ އިޓަލީން ލީޑު ނެގިތާ ތިން މިނިޓު ފަހުން ޔޯޝުއާ ކިމިކް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއާ އެކު މިދިޔަ އަހަރު ޔޫރޯ މުބާރާތަށް ފަހު ޖަރުމަން ކޯޗުކަމާ ހަވާލުވި ފްލިކް އާއެކު އެޓީމު ކުޅުނު 10 މެޗުން ވެސް ބަލި ވެފައެއް ނުވެއެވެ. ކުރިން ހުރި ކޯޗު ޔޯކިމް ލޯ އާއެކު ޔޫރޯ މުބާރާތުން ޖަރުމަން ކެޓީ ގަދަ 16 ގައި އިންގްލެންޑް އަތުން ބަލި ވެގެންނެވެ.

މިއީ ހަންސީ ފްލިކް ޖަރުމަނުގެ ކޯޗުކަމާ ހަވާލުވި ފަހުން އެ ޓީމު ކުޅުނު 10 ވަނަ މެޗެވެ. މިހާތަނަށް މެޗަކުން ބަލިވެފައިނުވާއިރު، އެންމެ ފަހުން ޖަރުމަނުގެ ކޯޗަކަށް ހުރި ޔަކީމް ލޯގެ ފަހު މެޗުތަކުގައި ޖަރުމަނުގެ ފަރާތުން ފެނިގެންދިޔަ ގޯސްތައް ރަނގަޅުކުރަން ފްލިކް ކުރަމުން އަންނަ މަސައްކަތުގެ ކުރިއެރުންތައް ވަނީ ފެންނަން ފަށައިފައެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގެ ގްރޫޕް ސީގައި ރޭ ކުޅުނު އަނެއް މެޗުން ހަންގޭރީ ވަނީ 1-0 އިން އިންގްލެންޑް ބަލިކޮށްފައެވެ. ޖަރުމަނުން ދެން ކުޅޭ މެޗުގައި ތިން ދުވަސް ފަހުން އަމިއްލަ ދަނޑުގައި އިންގްލެންޑާ ކުޅޭނެއެވެ. އެ ދުވަހު، އިޓަލީ ބައްދަލުކުރާނީ ހަންގޭރީއާއެވެ. އެ މެޗު ވެސް ކުޅޭނީ އިޓަލީގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *