މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފިއެވެ.
ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ ހދ. އަތޮޅުން ދ. އަތޮޅުގެ ރަށްތަކަށެވެ. ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވަނީ މިއަދު 13:00 އިން ފެށިގެން ހަވީރު 17:00 އަށެވެ.
Heavy rain and thunderstorms expected. pic.twitter.com/3yIWuhNzFJ
— Maldives Meteorology (@MetMaldives) November 14, 2020
ރާއްޖޭގެ މޫސުން ފާއިތުވެދިޔަ ދެދުވަހު ގޯސްވުމުން މެޓް އޮފީހުންވަނީ އެތައް ފަހަރެއްގެ މަތީން ވައިޓް އެލާޓް އެކި ހިސާބުތަކަށް ނެރެފައެވެ. އަދި ބައެއް ހިސާބުތަކަށް ޔެލޯ އެލާޓްވެސް ނެރެފައިވެއެވެ.
ކޮމެންޓު ފޮނުވާ