އެމްޓީސީސީގެ އަމާޒަކީ ދާންދޫ ބިންހިއްކުމުގެ މަސައްކަތް އޯގަސްޓް މަހަށް ނިންމުން

އެމްޓީސީސީގެ އަމާޒަކީ ދާންދޫ ބިންހިއްކުމުގެ މަސައްކަތް އޯގަސްޓް މަހަށް ނިންމުން

Author
މުޙައްމަދު ޝަޒައިމް
02 ޖޫން 2022 02:03
0

ހުވަދު އަތޮޅު އުތުރުބުރީ ދާންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އަންނަ އޯގަސްޓްމަހަށް ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު އާންމުކޮށްފައިވާ ދާންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބަލާއިރު، ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިމަހުގެ ފުރަތަމަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ބަންޑް ވޯލް އެޅުމުގެ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފައެވެ. އެ ކުންފުނީގެ އަމާޒަކީ އަންނަ އޯގަސްޓްމަހަށް ބިންހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ދާންދޫގެ ފަޅުން 25 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 1238 މީޓަރުގެ ސަރަޙައްދުގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރަށް 240 މީޓަރުގެ ސަރަޙައްދުގައި ހުރަސް ތޮށިލުމަށް ވަނީ ހަވާލުކޮށްފައެވެ.

މިމަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން 186.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.