މިއަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި އަމީރުލް ޙައްޖުގެ ގޮތުގައި އިސްލާމިކް މިނިސްޓަޜ ޑރ.ޒާހިރު ހަމަޖައްސަވާފައި ވާކަމަށެވެ. ކޮންމެ އަހަރަކުވެސް ދިވެހި ޙައްޖުވެރިންގެ ކަންކަމާ ޙަވާލުވެވަޑައިގަންނަވާނެ ދައުލަތުގެ އިސް މަސްއޫލްވެރިޔަކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި، ޙައްޖު މޫސުމުގައި ސަޢޫދީ ޢަރަބިއްޔާއަށް ފޮނުވައެވެ.
މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ އެ ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގައަށް އެދުމުގެ ފުރުޞަތު ހުޅުވާލާ މިހާރު ފޯމް އަންނަނީ ބަލައިގަންނަމުންނެވެ. އަދި މި 100 މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު ނަގާ ގުރުއަތުންނެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް ދިއުމަށް ފުރުޞަތު ލިބިފައިވާ މީހުންގެ ތެރެއިން ޙައްޖަށް ދާން ބޭނުންނުވާ ފަރާތްތަކުން އެކަން މިއަދުގެ ކުރިން ޙައްޖު ކޯޕަރޭޝަނަށް އެންގުމަށް ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ