ސްކޫލެއްގައި ޓީބީ ފެތުރޭކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: އެޑިއުކޭޝަން

ސްކޫލެއްގައި ޓީބީ ފެތުރޭކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: އެޑިއުކޭޝަން

Author
މުޙައްމަދު ޝަޒައިމް
30 މެއި 2022 05:35
0

ރާއްޖޭގެ ސްކޫލްއެއްގައި ޓީބީ ފެތުރެމުންދާކަމަށް ބުނެ ދައްކަނީ ހަޤީގަތާއި ހިލާފު ވާހަކަތަކެއްކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވީ ސްކޫލްތަކުގައި ޓީބީ ފެތުރެމުން އަންނަކަމަށް ބުނެ ބައެއް މިޑިއާތަކުގައި ފަތުރަމުންދާ ހަޤީގަތާއި ހިލާފު ވާހަކަތަކުގެ ސަބަބުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއާ ގުޅިގެން "ޓިއުބަރކްލޯސިސް (ޓީބީ)އެލިމިނޭޝަން ޕްރޮގްރާމް" ގެ ދަށުން ސްކޫލްތަކުގެ ދަރިވަރުން ޓީބީ ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާކަމަށެވެ. އެގޮތުން މިއަހަރުވެސް ސްކޫލްތަކުގައި މި ބައްޔަށް ސްކްރީންކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ ޓީބީ ބައްޔަކީ ރާއްޖެއިން ފެނިފައިވާ ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ބައްޔަކަށްވާއިރު އެކި އުމުރުފުރައިގެ ސްކޫލް ދަރިވަރުން މަދުން ނަމަވެސް މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިފަދަ ކޭސްތަކުގައި އެ މިނިސްޓްރީން އަބަދުވެސް އަމަލުކުރަމުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށްކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގައި ޓީބީ ފެތުރެމުން އަންނަކަމުގެ މަޢުލޫމާތުތައް ފެތުުރުމަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކުގައިވެސް ނުތަނަވަސްކަން އުފެދިދާނެފަދަ ކަމަކަށްވާތީ ހަޤީގަތެއްނެތް މިފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް އެ މިނިސްޓްރީން އިސްކަންދޭނެ ކަމެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.