ބޮޑީބިލްޑިންގް އަހާރީ އާއްމު ޖަލްސާ އަންނަ ހަފްތާގަ

ބޮޑީބިލްޑިންގް އަހާރީ އާއްމު ޖަލްސާ އަންނަ ހަފްތާގަ

Author
އިބްރާހީމް ސާޢިދު
14 ނޮވެމްބަރ 2020 08:23
0

ބޮޑީބިލްޑިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަންނަ ހަފްތާގަ ބޭއްވުމަށް ނިންމައިފި އެވެ.

އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ މާޗް މަހުގެ ހަތްވަނަ ދުވަހުވެސް ބޭއްވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އެ ފަހަރު ޖަލްސާ ބޭއްވޭ ގޮތް ނުވީއެވެ.އެ އެސޯސިއޭޝަނުން ބުނީ އަހަރީ އާންމު ޖަލްސާ އަލުން ބޭއްވުމަށް ނިންމާ ތާރީހެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

ޖަލްސާ ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރުކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.