ގަވަރުނަރު އިންޒާރެއް: ރިސޯޓް ކުލި ކުޑަކޮށްފިނަމަ ލަންކާއަށް ވީގޮތް ވެދާނެ!

ގަވަރުނަރު އިންޒާރެއް: ރިސޯޓް ކުލި ކުޑަކޮށްފިނަމަ ލަންކާއަށް ވީގޮތް ވެދާނެ!

Author
މުޙައްމަދު ޖިމީ
23 މެއި 2022 06:03
0

ރިސޯޓުތަކުގެ ކުލި ކުޑަކުރުމަކީ މިވަގުތަށް ކުރުމުން ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވާނެތީ އެއީ މިވަގުތަށް އެކަން ނުކުރުމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ލަފާދެއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ޓޫރިޒަމްގެ ޤާނޫނަށް ގެނައުމަށް ހުށައަޅާފައިވާ އިޞްލާހުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިސޯޓު ބިމު ކުލިން ނަގާ ކުލި ކުޑަކުރުމަށް ވަނީ ހުށައަޅަފައެވެ. އެ އިޞްލާހާއި ގުޅޭގޮތުން ޚިޔާލު ހޯއްދެވުމަށް ބޭއްވި އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށެވެ. އެކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ބަދަލުތަކެއް އަންނަމަުންދާއިރު މިފަދަ ވަގުތެއްގައި ރާއްޖޭގެ އާމްދަނީއަށް އަސަރުކުރާނެ އެއްވެސް ކަމެއް ކުރުމަކީ ރަނގަޅު ކަމެއްނޫންކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރު ނަރުވަނީ މިހާރު ސްރީ ލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއިން މިސާލު ނަންގަވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިފަދަ ދަނޑިވަޅެއްގައި އާމްދަނީއަށް އަސަރުކުރާފަދަ ކަމެއް ކުރުމަކީ ސްރީ ލަންކާއަށް ކުރިމަތިވި ހާލަތު ދިމާވުން ގާތްކަމެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި މިފަދަ ބިލަކާއެކު އާމްދަނިއަށް ބަދަލު އަންނަނާނެ ގޮތުގެ ތަފްސީލީ އެނަލިސިސްއެއް ހެދުން މުހިންމުކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ރިސޯޓު ކުލީގެ ގޮތުގައި މީގެ ކުރިން ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅުން ރިސޯޓު ހަދަން 200،000 އަކަމީޓަރަށް ވުރެ ކުދި ބިންތަކުގައި އަކަމީޓަރަކަށް ނަގަނީ އަށް ޑޮލަރާއި އެއް މިލިއަން ޑޮލަރާއި ދެމެދުގެ އަގުތަކެވެ. އެހެން ނަމަވެސް އެ އަދަދު މިހާރު ވަނީ ހަ ޑޮލަރާއި 750،000 ޑޮލަރާ ދެމެދުގެ އަަގެކެވެ. އޭގެ އިތުރުން ހަތަރު ލައްކަ އަކަމީޓަރަށް ވުރެ ކުޑަ ބިންތަކުގައި އަހަރަކަށް 1.5 މިލިއަން ޑޮލަރު ކުރިން ނެގި ނަމަވެސް އެ އަދަދު ވަނީ 1.1 މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެވެ. އަދި ހަތަރު ލައްކަ ޑޮލަރަށް ވުރެ އަގު ބޮޑެތި ބިންތަކަށް އަހަރަކަށް ދެ މިލިއަން ޑޮލަރު ނެގިއިރު އެ އަދަދު ވަނީ 1.5 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިވެހި
މަނިކުފާނުކީއްވެތޯޯ ދައުލަތުގެެ ރިކަރަންޓްް ޚަރަރަދުބޮޑުވާހަކަަ ދައްކައްކަންް ބިރުގަންނަނީީ އެއީީ ގިނަގައުމުތައްް އިނދަޖެހޭޭ އެންމެބޮޑުު ސަބަބުު އެކަމައްޗުއްޕުވެސްް ނުވިދާޅުވާތީީ ހިތާމަކުރަންް ގިނަޓޫރިސްޓުންް އައީމާާ އެންމެނައްލިބޭފައިދާބޮޑުވާނެެ ކޮންމެހެންް ގައުމައްވަންނަަ ހުރިހާއެއްޗެއްް މަދުބަޔަކައްް ހިބައިންދޭކައްނުޖެހޭނެެ މިހާރުު މިގައުމުގައިި ހުރިހާމަސައްކަތެއްކުރަންް ސަރުކާރުންބޭނުންވަނީީ ތިންހަތަރުމީހެއްލައްވާާ ދެންތިބިމީހުންޖެހޭނީީ އެތިންހަތަރުމީހެއްގެެ ނޯކަރުކަންކުރަންް މީތޯޯ ސަރުކާރުތަކުގެެ ބޭނުމަކީީ