އެމްޓީސީސީން ކުރިއަށް ގެންދިޔަ ހދ. ނޭކުރެންދޫ ގައި ޤާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެއެވެ.
މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޙަނާވެސް ހުރެއެވެ. މި ފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެކެވެ.
ހދ. ނޭކުރެންދޫ ގައި ޤާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެ. މި ފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެއް. pic.twitter.com/hYRn7oTPVg
— MTCC Plc (@MTCCPlc) May 23, 2022
ނޭކުރެންދޫއަކީ އާބާދީ ބޮޑު ރަށަކަށް ވުމުން ކޮންމެ ދުވަހަކުވެސް އެރަށަށް ގިނަ ބަޔަކު އަރާފައިބައެވެ. މިފަދަ ޚިދުމަތެއްގެ ސަބަބުން ރަށަށް އަރާ ފައިބާ މީހުންނަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ