ލޯންޗް އެކްސިޑެންޓް: ވެންޓިލޭޓަރުގައި ފަރުވާދޭ މީހާ މާލެ ގެނެސްފިި

ލޯންޗް އެކްސިޑެންޓް: ވެންޓިލޭޓަރުގައި ފަރުވާދޭ މީހާ މާލެ ގެނެސްފިި

ވިލިގިނލީގައި ރޭ ހިންގި ލޯންޗު އެކްސިޑެންޓުގައި އަނިޔާ ލިބުނު 3 މީހުންގެ ތެރެއިން ހާލު ދެރަވި އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

މާލެ ގެނެސްފައިވަނީ މި ޙާދިސާގައި އެންމެ ބޮޑަށް ޒަހަމްވެ ހާލު ދެރަވި، 30 އަހަރުގެ ދިވެހި ފިރިހެން މީހާއެވެ. އޭނާއަށް އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ރޭ ފަތިހު 4:00 ހާއިރު، އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓްގައެވެ. މަޢުލޫމާތު ލިބޭގޮތުގައި، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

ގއ.ވިލިނގިލީ ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި، ބަނދަރު ނެރު ފައިކަށީގައި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ ރޭގެ 9:00 ހާއިރުއެވެ.

މި ޙާދިސާގައި ދެ މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާގައި މަރުވީ ވިލިނގިލި ދޫރެސް މިސްބާޙް އަބްދުލް މުހުސިނާއި ނ.ލަންދޫ އުރަހަ، މުހައްމަދު ޝާފިއުއެވެ. ލޯންޗު ނެރު ފައިކަށީގައި ޖެހުނު ވަގުތު މި ދެމީހުން ކަނޑަށް ވެއްޓުނުކަމަށާއި، މި މީހުން ނަގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންވަނީ ވިދާޅުވިއެވެ.

މީގެއިތުރުން އިތުރު 3 މީހަކަށް ބޮޑެތި ޒަޙަމްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ. މާލެ ގެނެސްފައިވަނީ މީގެތެރެއިން، އެންމެ ބޮޑަށް ޙާލު ގޯސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ މީހާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *