ކަށީގެ ޚާއްޞަ ޑޮކްޓަރ ޝާން އައިޖީއެމްއެޗް އިން ވަކިވެ އަބޫދާބީއަށް!

ކަށީގެ ޚާއްޞަ ޑޮކްޓަރ ޝާން އައިޖީއެމްއެޗް އިން ވަކިވެ އަބޫދާބީއަށް!

Author
މުޙައްމަދު ޖިމީ
21 މެއި 2022 11:43
0

ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު ޑރ.ޔޫސުފް ޝާން ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުން ވަކިވެވަޑައިގެންފިއެވެ.. އައިޖީއެމްއެޗުން ޑރ.ޝަންގެ ވަކިވުން ފާހަގަކޮށް ވަނީ ފެއަރވެލްއެއް ބާއްވާފައެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލްގެ ސީނިއާ ކޮންސަލްޓަންޓް، ޑރ. ޔޫސުފް ޝާން ވަޒީފާއިން ވަކިވެވަޑައިގަތީ އަބޫދާބީގައި "އައު ޗެލެންޖްސް"ތަކަކާއި ކުރިމަތިލެއްވުމަށްކަމަށެވެ. އެއީ ކޮންކަމެއްގައި ނުވަތަ އެޤައުމުގެ ކޮން ހޮސްޕިޓަލަކަށްކަމެއް ބުނެފައެއް ނުވެއެވެ.

ޑރ.ޝާން އަކީ ރާއްޖޭގައި ވަރަށް މަޤްބޫލު އަދި އެހާމެ މަޝްހޫރު ކަށީގެ ޑޮކްޓަރެކެވެ. އޭނާ ވަނީ އައިޖީއެމްއެޗްގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއހަރުގެ މެއި މަހުގެ ނިޔަލަށް މެޑިކަލް ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ.

ޑރ.ޝާން އައިޖީއެމްއެޗުން ވަކިވުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ގިނަ ޢަދަދެއްގެ ޑޮކްޓަރުންވެސް ބައިވެރިވިއެވެ. ރާއްޖޭގައި ޚާއްޞަކޮށް އައިޖީއެމްއެޗްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވުމަށްފަހު ޑރ.ޝާން އެހެން ޤައުމަކަށް ބަދަލުވާން ނިންމެވި ނިންމެވުޟާއެކު ގިނަބަޔަކަށް ވަނީ ހައިރާންކަން ގެނުވާފައެވެ. އަދި ޑޮކްޓަރަށް ކާމިޔާބީއަށް އެދިފައިވެއެވެ.

ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ޑރ.ޝާން އައިޖީއެމްއެޗްގެ އިތުރުން އަމިއްލަ ބައެއް ކްލިނިކް ތަކުގައިވެސް މަސައްކަތްކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނޫނުއައިނު
ވަރައްދެރަ