އިންސާފު ޤާއިމް ވާނީ މިސަރުކާރު ބަދަލުކޮށްގެން: ސެމްބެ

އިންސާފު ޤާއިމް ވާނީ މިސަރުކާރު ބަދަލުކޮށްގެން: ސެމްބެ

Author
މުޙައްމަދު ޝަޒައިމް
20 މެއި 2022 03:33
0

މިސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކާއި، އަދުލު އިންސާފު ހަމަހަމަ ކަމާއިއެކު ޤާއިމް ކުރެވޭނީ މިސަރުކާރު ބަދަލުކޮށްގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވައިލާ އިދިކޮޅު އިއްތިހާދުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި މުޒާހަރާ ކަވަރުކުރުމަށް މަސައްކަތްކުރި ނޫސްވެރިންނަށް ހޭއަރުވައިލާނެ ކަމުގެ އިންޒާރު ފުލުހުންގެ އޮފިސަރަކު ދިން މައްސަލަ ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ފުލުހުންގެ ކިބައިން އެދުމާއި ގުޅިގެން އެކަމަށް އިޝާރާތްކޮށް ކުރެއްވި ޓުވީޓުގައެވެ.

ސެމްބެ ވިދާޅުވީ މިއަދު މިމައްސަލަތައް ހުށަހެޅި ކަމުގައިވީނަމަވެސް، މައްސަލަތަކަށް އިންސާފު ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށެވެ. މިސަރުކާރު އޮތީ ކޮރަޕްޝަންގެ ކަޅު ވިލާގަނޑެއްގެ ދަށުގައި ތާށިވެފައިވާކަމަށާއި، ނިމިދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުން އެކަން ހާމަވެފައިވާކަމަށް ސެމްބެ ވިދާޅުވިއެވެ.

ކޮންތާކުން ބަލަނީ؟ ބަލައިފިއްޔާ ފެންނާނީ ކޯއްޗެއް؟ މި ސަރުކާރު މިއޮތީ ކޮރަޕްޝަންގެ ކަޅު ވިލާގަނދެއްގެ ތާށިވެފަ. މިދިޔަ އެމްޑީޕީ އެތެރޭގެ އިންތިޚާބުން އެކަން ދިވެހި ރައްޔިތުންނަށް ސާފުވެގެން ގޮސްފި. މައްސަލަތައް ބަލާ އިންސާފު ޤާއިމް ވާނީ މިސަރުކާރު ބަދަލުކޮށްގެން. ސެމްބެ ވިދާޅުވިއެވެ.

މީގެ ދެރޭ ކުރިން އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގައި އަލިކިލެގެފާނާއި މަޖީދީ މަގު އެއްވާ ހަތަރު އަނގޮޅި ކައިރިން ނޫސްވެރިންނަށް އަމާޒުކޮށް ހޭއަރުވައިލާނެ ކަމުގެ އިންޒާރު ދީފައިވަނީ ސޯލިހު ނަމަކަށް ކިޔާ ފުލުހެކެވެ. އެ ސަރަހައްދުގައި ތިބި ބައެއް ނޫސްވެރިންވަނީ އެކަން ޓުވިޓާގައި އާންމުކޮށް ފުލުހުންގެ އިދާރާގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

ފުރަތަމަ އިންޒާރު ދިނުމަށްފަހު ފުލުހުންގެ އުޅަނދަށް ސޯލިހު އެރި ނަމަވެސް އަނެއްކާވެސް އަނބުރާ ނޫސްވެރިން ތިބި ސަރަހައްދަށް އައިސް ހޭއަރުވައިލާނެކަމަށް އޭނާ ބުންޏެވެ. ސޯލިހަކީ އެސްއޯ ފުލުހެކެވެ. "އިންޑިއާ އައުޓް" ހަރަކާތަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި ރައީސް އިބްރާހީމް ޞާލިޙު ނެރުއްވި ރިޔާސީ ޤަރާރެއްގައި، އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް އެމަނިކުފާނުވަނީ އަމުރުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙާމްބެ
2023 ގައި އިފެދޭނީ ޕީޕީ އެމްގެ ސަރުކާރެއް ސެނބެޔައްވެސ އެގޭނެތާ ވޯޓް ލައިފިނަމަ އެއބުރުން ގާސިމެއްވެސް އިމްރާނެއްވެސް އުމަރެއވެސް ބޭނުމެއނޫން