ފައްޔާޒަށް އެމްޑީޕީގެ ރައީސް މަރުހަބާއެއް ނުދެންނެވި، ހުންނެވީ ހަނު!

ފައްޔާޒަށް އެމްޑީޕީގެ ރައީސް މަރުހަބާއެއް ނުދެންނެވި، ހުންނެވީ ހަނު!

ވާދަވެރިކަމާއެކު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ނިމި، ޗެއަރޕާސަންކަމުގެ މަޤާމު މިހާރުގެ އިކޮނޮމިކް މިނިސްތަރ ފައްޔާޟް އިސްމާޢީލް ކާމިޔާބުކުރެއްވިކަން ކަށަވަރުވީނަމަވެސް އެމްޑީޕީގެ ރައީސްގެ އެއްވެސް އިޝާރާތެއް ނުވުމުން ބައެއް ފަރާތްތަކުން ސުވާލު އުފައްދައިފިއެވެ.

މި އިންތިޚާބުގައި ފައްޔާޒާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވާދަކުރެއްވިނަމަވެސް ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ކުރިމަތިލުމެކެވެ. ސަބަބަކީ އިންތި ވާދަކުރެއްވީ ރައީސް ނަޝީދުގެ ހިޔަނީގައެވެ. އަދި ފައްޔާޒް އިންތިޚާބުގައި ވާދަކުރެއްވީ ރައީސް ޞާލިޙްގެ ހިޔަނީގައެވެ.

އިއްޔެ ބޭއްވި އިންތިޚާބު ނިމި، ރޭ ނަތީޖާތައް ކަށަވަރު ވެފައިވީނަމަވެސް މިހާތަަނަށް އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެންމެ ކުޑަމިނުން ފައްޔާޒަށް މަރުހަބާގެ ޓްވީޓެއްވެސް ނުކުރައްވައެވެ.

މިއާއެކު ބައެއް ފަރާތްތަކުން ސިފަކުރަމުން ދަނީ މިއީ ރައީސް ނަޝިދުގެ މައްޗަށް ރައީސް ޞާލިޙް ހޯދި ކާމިޔާބީއެއްކަމުން، ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް ނިމުމަކާއި ގާތަށް ދިޔައީކަމަށެވެ. ނުވަތަ އެމްޑީޕީގައި އޮތް ނަޝީދުގެ ނުފޫޒު ނިމުމަކަށް އައީކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިންތިޚާބުގެ ނަތީޖާއިން އިންތި ބަލިވީކަން ކަށަވަރުވީ ހިސާބުން އިންތިއަށް ތާޢީދުކުރެއްވި އޭނާގެ ސަޕޯޓަރުންގެ ތެރެއިން ބައެއް މީހުން މާޔޫސްވެ ކަންބޮޑުވުންތައް ބަންޑުންކޮށްލިއެވެ. ނަމަވެސް އިންތިގެ ކެމްޕެއިންގައި އިސްކޮށް އުޅުނު އެއްވެސް މީހަކުވެސް އަދި އެމްޑީޕީގެ ލީޑާޝިޕުންވެސް އެއްވެސް އެއްޗެއް ނުބުނުމުން އެކި ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ސުވާލު އުފައްދަމުންނެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއަރ ޕަރސަން ހޮވުމަށް ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކާމިޔާބު ކުރައްވާފައި ވަނީ ބޮޑު ތަފާތަކުންނެވެ. އެގޮތުން ވަގުތީ ނަތީޖާތައް ދައްކާގޮތުން ފައްޔާޒުވަނީ 28000 އަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. މިއީ ވޯޓުލީ މެމްބަރުންގެ 58 އިންސައްތައެވެ. އިންތިއަށް ލިބިވަޑައިގެންނެވީ ގާތްގަނޑަކަށް 20800 ވޯޓެވެ. އެއީ ވޯޓުލީ މެމްބަރުންގެ 42 އިންސައްތައެވެ. މި އިންތިޚާބުގައި ޖުމްލަ 94،211 މެމްބަރުންނަށް ވޯޓު ލުމުގެ ޝަރުތު ހަމަވާކަމަށް އެޕާޓިން ވަނީ ބުނެފައެވެ. އިންތިހާބުގައި ވޯޓުލުމަށް ޖުމުލަ 272 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

އިންތިޚާބުގެ ނަތީޖާ ނުކުމެގެން މިދިޔަ ގޮތުން ސާފުވި އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސް ނަޝީދަށް އޮތް ތާޢީދު ފަނޑުވެގެން ދިޔަކަން ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

އެގޮތުން ކުރިން ބެލެވިފައި އޮތީ އަތޮޅުތެރޭގެ ރަށްރަށުން ސަރުކާރު ނުވަތަ ރައީސް ޞާލިޙްގެ ފެކްޝަނަށް ކާމިޔާބު ހޯދުނު ނަމަވެސް މާލެއާއި، ގިނަ ބޮޑެތި ސިޓީތަކާއި ރަށްރަށުން ރައީސް ނަޝީދުގެ ފެކްޝަނަށް ބޮޑު ކުރިއެރުމެއް ލިބޭނޭ ކަމަށެވެ. ނަމަވެސް މި ހީތަކާއި ޚިލާފަށް މާލޭގެ ބައެއް ފޮށިތަކުންވެސް ފައްޔާޒު ވަނީ ކުރި ހޯއްދަވާފައެވެ. މާލޭގެ ފޮށިތަކުގެ ތެރެއިން އިމްތިޔާޒު ފަހުމީއަށް ކުރި ލިބިގެންދިޔަ ފޮށިތަކުންވެސް، ދެއްކުނު ތަފާތު އާދަޔާ ޚިލާފަށް ކުޑަކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. އަދި މީގެ އިތުރުން، ބޮޑެތި އެހެން އާބާދީތަކުންވެސް ފައްޔާޒު ވަނީ ބޮޑު ކާމިޔާބެއް ހޯއްދަވާފައެވެ.

ނިމިގެން މިދިޔަ އިންތިޚާބުގެ ވާދަވެރިކަން ގުޅިފައި އޮތީ ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބާއެވެ. އޭގެ މާނައަކީ، މިއިންތިޚާބުގެ ނަތީޖާ ސީދާގޮތެއްގައި ގުޅި، ލާމެހިފައި އޮތީ، 2023ގައި އެޕާޓީގެ ރިޔާސީ ޓިކެޓު ލިބޭ ބޭފުޅެއް ކަނޑައެޅުމަށް ނިންމާންޖެހޭ މުހިންމު، ގިނަ ނިންމުންތަކާއެވެ.

އެހެންކަމުން 2023ގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނީ ރައީސް ޞާލިޙްކަމަށް ބައެއް ފަރާތްތަކުން މިހާރު ދަނީ ޤަބޫލުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ޓިމާ އަށް ނާކާމިޔާބު ވީމާ ހިތްވަރެއް ނުކުރެވޭ. މޮޅެތި ވާހަކަ ދައްކަން އެކަނި އެނގެނީ. ކަމަކާ ޖެހުނީމާ ސުމެއްގެ ވެސް ސުމެއް.

  2. ޑިމޮކްރަސީގެ އައްޕަޔޭ ކިޔައިގެން އުޅޭމީހާގެ އަމަލްތައް މި ހުންނަނީ ހަމަ ފައްކާ ޑިކްޓޭޓަރ އެއްގެ ގޮތަށް. އެހެންނާފަހެ ތިމާ ތާއީދުކުރާ މީހާ ނޫންމީހާ ހޮވުނު ނަމަވެސް މަރުހަބާ ކިޔަން ޖެހޭނެ ދޮއްތަ. ޢަހުންނަށް ހީވަނީ ކުރިޔަށް އޮތް ތަނުގަ ތިޔަޕާޓީއިން ފައްޔާޒު ވަކި ކުރާނެހެން. އެހެން ނޫނީ ބުނާނެ އަލުން ވޯޓްލާންވީޔޭ . މަގޭ ރުހޭ މީހާއަށް ހުރިހާ ކަމެއްވެސް ކޮށްދޭނަން . ނުރުހޭމީހާއަށް ނުބައި ނުލަފާކަން ދައްކާލާނަން. މިއުސޫލު ދޫކުޜަކަށް ނުވޭބާ އަދިވެސް.

  3. ޕާޓީމީހުންނައް ވެސްތިމާގެނުލަފާ ކަންދައްކަނީ ދެންއެހެންޕާޓީ މީހުންނައް ކިހާކުޅި އެްދައްކާނެ

Leave a Reply

Your email address will not be published. Required fields are marked *