ވިޔަފާރިވެެރިޔާ ޝޭޑީ ކެބިން ތައުފީގު ނިޔާވެއްޖެ

ވިޔަފާރިވެެރިޔާ ޝޭޑީ ކެބިން ތައުފީގު ނިޔާވެއްޖެ

Author
ޢަލީ އާދަމް
14 މެއި 2022 08:50
0

ކުއްޔަށް ތަކެތި ދޫކުރާ މަޝްހޫރު ވިޔަފާރި ޝޭޑީކެބިންގެ ވެރިޔާ މުޙައްމަދު ތައުފީގް (ޝޭޑީ ކެބިން ތައުފީގް) ނިޔާވެއްޖެއެވެ.

އުމުރުން 66 އަހަރުގައި ތައުފީޤް ނިޔާވީ، ހޮޑުލައި ބޭރަށް ހިންގާތީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަން އުޅެނިކޮށްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޭނާ ނިޔާވިއިރު ފަސް ބޭފުޅުންނާއި، އަނބިކަނބަލެއް ދުނިޔޭގައި އެބަތިއްބެވެ. މުޙައްމަދު ތައުފީގު މޫނު ދެއްކުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން އާސަހަރާގައެވެ. އަދި ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

ތައުފީގް މަޝްހޫރުވެފައި ވަނީ އާއިލާގެ ބޭފުޅުން ޕައިލެޓްކަމުގެ ދާއިރާއަށް ނެރުއްވާ ބޭފުޅެއްގެ ގޮތުގައެވެ. ޝޭޑީ ކެބިން އާއިލާގައި 15 ޕައިލެޓަކު އެބަތިއްބެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފުރަގަހުގައި އިމާރާތްކުރި މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީނަކީ މާލޭގައި އެންމެ ރީތި މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތަށްވާއިރު، މިއީ ތައުފީގް އިސްނެންގެވުމުގެ މަތިން ޝޭޑީ ކެބިން އާއިލާގެ ނަމުގައި ބިނާކޮށްފައިވާ މިސްކިތެކެވެ.

2015 ވަނަ އަހަރުން ފެށިގެން ތައުފީޤް އުޅުއްވީ އާލާސްކަންފުޅާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.