ބަނޑުގައި އޮންނަ ދަރިފުޅުގެ އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ކާންވީ ކޯޗެއް؟

ބަނޑުގައި އޮންނަ ދަރިފުޅުގެ އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ކާންވީ ކޯޗެއް؟

މާބަނޑު ދުވަސް ވަރު، ބަނޑުގައި އޮންނަ ދަރިފުޅުގެ އިސްތަށިގަނޑު ހެދިބޮޑުވުމަށާއި ދުޅަހެޔޮކަމަށް މި ފަސްކާނާ ކެއުމުގެ ތެރޭގައި ހިމެނުން މުހިންމެވެ. އެސްރޮޖަން އަކީ އިސްތަށި ހެދި ބޮޑުވުމަށް މުހިންމު ދައުރެއް އަދާ ކުރާ އެއްޗެކެވެ.

ބިސް

މާބަނޑު ދުވަސްވަރު ބަނޑުގައި އޮންނަ ދަރިފުޅު ހެދިބޮޑުވުމަށް ބިހަކީ ވަރަށް މުހިންމު އެއްޗެކެވެ. ބިހަކީ ތުއްތު ދަރިފުޅުގެ އިސްތަށިގަނޑަށާއި ސިއްހަތަށް ވަރަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެން ދާނެ އެއްޗެކެވެ. އެހެން ކަމުން ދުވަހުގެ ކޮންމެސް އެއް ގަޑިއެއް ގައި ބިހެއް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.

ބަދަން

އާންމު އިންސާނަކަށް ވެސް އެކި ބާވަތުގެ ބަދަނުން ގިނަގުނަ ފައިދާ ކުރެއެވެ. ވަކިން ހާއްސަކޮށް މާބަނޑު އިރު ބަދަން ކެއުމަށް ބާރު އަޅައެވެ. ސަބަބަކީ ތަފާތު ވައްތަރުގެ ބަދަނުން ލިބޭ ފައިދާގެ ބޮޑުކަމުންނެވެ. ބަދަނުގައި ނިއުޓްރިޝަންގެ އިތުރުން ތުއްތު ދަރިފުޅުގެ އިސްތަށި ގަނޑަށް ބޭނުންވާ ވިޓަމިންސް ހުރެއެވެ.

މަސް

މަހަކީ އިސްތަށިގަނޑު ވަރުގަދަ ކޮށްދޭ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. ނަމަވެސް ބަނޑުބޮޑު ދުވަސްވަރު ކޮންމެ ކޮންމެ ކަހަލަ މަހެއް ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެހެން ކަމުން ބަނޑު ބޮޑު ދުވަސްވަރު މަސް ބޭނުން ކުރާނަމަ ޑޮކްޓަރުގެ ލަފާ ހޯދުން ރަނގަޅެވެ.

އެވަކާޑޯ

މިއީ ވިޓަމިން ބީ އާއި އީ އިން ފުރިފައިވާ މޭވާ އެކެވެ. ވިޓަމިން ބީ އަދި އީ އަކީ އިސްތަށިގަޑު ހެދި ބޮޑު ވުމުގައި ވަރަށް ގިނަ ފައިދާތަކެއް ކުރާ މާއްދާއެކެވެ. މިއީ އިސްތަށި ފައިބާނަމަ ބޭނުން ކުރަން ރަނގަޅު އެއްޗެކެވެ.

ކައްޓަލަ

ކައްޓަލަ (ސްވީޓް ޕޮޓޭޓޯ) އަކީ ސިއްހަތަށް ގިނަ ގުނަ ގޮތަކަށް ފައިދާ ކޮށްދޭ އެއްޗެކެވެ. އަދި ތުއްތު ދަރިފުޅުގެ އިސްތަށިގަނޑަށްވެސް ފައިދާ ބޮޑު އެއްޗެކެވެ. އެހެން ކަމުން މާބަނޑު އިރު ކައްޓަލަ ބޭނުން ކުރުމުން ބަނޑުގައި އޮންނަ ދަރިފުޅުގެ އިސްތަށިގަނޑު ހެދި ބޮޑުވުމަށް އެހީ އަކަށް ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *