ޔޫރޯ ކޮލިފައިން ޕްލޭ އޯފްގައި ނޮދާން އަޔަލޭންޑްގެ މައްޗަށް ކުރި ހޯދާ ޔޫރޯ ފުޓްބޯޅަ މުބާރާތުން ސްލޮވާކިޔާ ޖާގަހޯދައިފިއެވެ.
ނޮދަން އަޔަލޭންޑްގެ ވިންޑްސޯރ ޕާކްގައި ކުޅުނު މެޗު ސްލޮވާކިޔާއިން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. ސްލޮވާކިޔާގެ ޔޫރަޖް ކުކާ ކާމިޔާބުކުރި ލަނޑުން ލީޑް ނަގައިފަވަނިކޮށް މެޗު ނިމެން ތިން މިނިޓަށް ވެފަވަނިކޮށް ސްލޮވާކިޔާގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަތްލަނޑުން ނަތީޖާ ހަމަހަމަވިއެވެ.
މެޗުގައި ސްލޮވާކިޔާއިން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނަތީޖާ ހަމަހަމަވެގެން ކުޅުނު އިތުރުވަގުތުގެ ދެވަނަ ހާފްގައި މިޝަލް ޑުރިސް ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުން ސްލޮވާކިޔާއިން ވިދިވިދިގެން ޖާގަ ހޯދި ދެވަނަ ފަހަރެވެ. ސްލޮވާކިޔާ މުބާރާތުގައި ވާދަކުރާނީ ސްޕެއިން، ސްވިޑަން އަދި ޕޯލެންޑާ އެއް ގުރޫޕެއްގައިއެވެ.